ލެސަންޕްލޭނެއްހަދާނީ ކިހިނެއް
1. ތަޢާރަފު
ފުރަތަމަ ބައިގައި ހިމެނެނީ
ދެވައްތަރެއްގެ ލެސަން ޕްލޭންއެއް ހުށައެޅުމެވެ. އެއީ ކުރީގައި ލެސަން ޕްލޭން
ހަދަމުން އައިގޮތުގެ ނަމޫނާ އަކާ، މިޒަމާނުގެ ލެސަން ޕްލޭނެކެވެ. އެއީ އެސް އެސް
އީ ސިލަބަހުން ސުރުހީއެއްނެގުމަށްފަހު ދެފިލާވަޅަށް ލެސަންޕްލޭން ތައްޔާރުކުރުމެވެ.
އެއްލެސަން ރާވާނީ އެންމެ ކުރީގެ ގޮތަށް ޗޯކާއި ބޯޑު ބޭނުންކޮށްގެ ކުރިއަށް
ގެންދާގޮތަށެވެ. ދެވަނަ ލެސަން ތައްޔާރުކުރެވިފައި އޮންނާނީ އެންމެ މިޒަމާނުގެގޮތައް އުފެއްދުންތެރި މެތަޑުތަށް ބޭނުންކޮށްގެންނެވެ. އަދި މިލެސަން މިހާރު ކިޔަވައިދެމުން ގެންދާ 2 އުސްތާޒަކަށް ހުށަހަޅާ އެލެސަން ޕްލޭންގައި
ހުރި ހަރުދަނާކަމާ،ބަލިކަށިކަމާ،އިތުރަށް އެފިލާވަޅުތަށް ކާމިޔާބކަމާއި އެކު
ހުށަހަޅާ ތަންފީޒު ކުރުމަށް ހުރި ފަހިކަން ދެނެގަތުމަށް އެ އުސްތާޒުންނާއި
ކުރެވުނު ސުވާލުތަކާއި އެސުވާލުތަކުގެ ޖަވާބު މިއެސައިން މެންޓުގެ އެޕެންޑެކްސްގައި
ހިމެނުމެވެ.
ދެވަނަބައިގައި ހިމެނެނީ މަޒުމޫނެއް ލިޔުމެވެ.އެއީ މަތީގައި ދެންނެވުނު ދެ ލެސަން ހެދުމުގައި ބޭނުން ކުރެވުނު މެތެޑް އިޚްތިޔާރުކުރެވުނު ސަބަބު ބަޔާންކުރުމާއި ،ދެލެސަން އާއި ބެހޭގޮތުން ތައްޔާރުކުރެވޭ ލިޓްރެޗާރިވިއުއެއް
ތައްޔާރުކުރުމާ،އުފެއްދުންތެރި މެތެޑްތަކަށް ޓީޗަރުން ފަސްޖެހޭ ސަބަބުތަށް
ބަޔާންކުރުމާ،ކުރިން ދެންނެވުނު އުސްތާޒުން ހުށަހެޅުއްވި ކަންކަމުގެ މައްޗައް
ދަރިވަރު ދެކޭގޮތުގެ ޚިޔާލު ހުށައެޅުމާ އަދި ކޮންކުލޫޝަން ނުވަތަ ނިންމުމުގެ
މައްޗަށެވެ.
ޗޯކު ބޯޑް ލެސަންޕްލޭން
* މާއްދާ: ދިވެހި * ކްލާސް: 10
* ސުރުޚީ: ދޭހަ * ވަގުތު: 40 މިނިޓް
* ތާރީޚު: 09
ސެޕްޓެމްބަރ 2014 * ހަފްތާ:39
* ފިލާވަޅުގެ
މަޤްޞަދު: - އަޑުއިއްވާ އަޑުއެހުމުގެ ދޭހަ އަޑު އެހުމަށްފަހު ފުރިހަމަކުރަން ދެވޭ
ވާހަކައިގެ ފަހުބައި ނިންމުމެއްލިޔުން ،ސުވާލުތަކަށް ޖަވާބު ދިނުން
*
އުނގެނުމުގެއެހީ: ދ. ފޮތް ބްލެކްބޯޑް ،ޗޯކު
5 މިނިޓް
|
ދަރިވަރުންނާ ދޭހަ އަކި ކޮބައިކަންސުވާލުކޮށްގެން ފެށުން ދޭހައިގެ ވައްތަރުތަށް
|
ފެށުން
|
30 މިނިޓް
|
* ޙަރަކާތް:-
· ދަރިވަރުންގެ ފޮތުގައިވާ ވާހަކަ
އަޑުއިވޭވަރަށް މުދައްރިސް ދަރިވަރުންނަށް ކިޔައިދިނިން
· އެއަށްފަހު ފިލާވަޅު ދަރިވަރުންނަށް
އޮޅުންފިލުވައިދިނުން
· ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު
ދިނުން
|
މައިގަނޑު
|
5
މިނިޓް
|
އޮޅުން ފިލުވައި ދެވުނު ގޮތަށް
ވާހަކައިގެ ނިމުމެއް ދަރިވަރުންލައްވާ ތައްޔާރުކުރުން
|
ނިންމުން
|
ޓީޗަރުގެނަން:
އަލީފިކުރީ ސޮއި :
ސްޕަވައިޒަރ:
މުޙައްމަދު އަލީ ސޮއި :
LESSON PLAN
|
ލެސަން ޕްލޭން
|
Subject
މާއްދާ
|
ދިވެހި
|
Date09/11/2014 ތާރީޚް
|
|||||
Classކުލާސް
|
ގްރޭޑް 10
|
Duration ޕީރިއަޑުގެ ދިގުމިން
|
40 މިނިޓް
|
||||
Topicސުރުޚީ
|
ދޭހަ
|
||||||
SMART Objectives
ސްމާރޓް މަޤްޞަދުތައް
|
-
ފިލާވަޅުގެ
ފެށުމުގައި ދައްކާ 2ފޮޓޯއިން ދޭހަވާ ކަންކަމާ ދޭތެރޭ
ފުންކޮށް ވިސްނައި، ފޮޓޯއިން ދޭހަވާ ދެކަމެއް ބުނެދިނުން
-
ފިލާވަޅުގައި
އަޑުއިއްވާ އޯޑިއޯއަށް ކަނުލައި އަޑުއަހައި، އޯޑިއޯ (ވާހަކަ) އިން
އުފައްދާފައިވާ 12 ސުވާލުގެ ތެރެއިން މަދުވެގެން 8 ސުވާލަށް ދަރިވަރުން ރަނގަޅު
ޖަވާބު ދިނުން
-
ފިލާވަޅާ
ގުޅިގެން ދެވޭ ސުވާލުތަކަށް ދަރިވަރުން ދޭ ޖަވާބުތަކާ ދޭތެރޭ އުފެއްދުންތެރި
ފާޑުކިޔުމުން ދޭދޭ ދަރިވަރުން ފާޑުކިޔާނެ.
-
ފިލާވަޅު
ނިމޭއިރު އޯޑިއޯ ވާހަކައާ ދޭތެރޭ ވިސްނައި، ވާހަކައިން ދޭހަވި ކަންކަމުގެ
މައްޗަށް ބުރަވެ، ވާހަކަގެ ނިންމުން ދަރިވަރުން އަމިއްލައަށް ލިޔާނެ.
|
||||||
Resources
ކިޔަވައިދިނުމުގެ އެހީ
|
1 އާދަޔާ ޚިލާފް ތަފާތު މަންޒަރެއް (ފެންނަ ފެނުމާ، ޙަޤީޤަތަށް ހިނގާ
ކަންތަކާ ތަފާތުކޮށް ފެންނަ މަންޒަރެއް) ގެ ފޮޓޯ
1 ހަނދާން ބަހައްޓަންޖެހޭ ގިނަ ޢަދަދެއްގެ ނަންތަކާއި، ޢަދަދުތައް ހިމެނޭ
ގޮތަށް ލިޔެފައިވާ ޢިބާރާތްކޮޅެއް ލިޔެފައިވާ ކަރުދާސް
1 7-5 މިނިޓްގެ ވާހަކައެއްގެ އޯޑިއޯ (ވާހަކައިގެ ނިމުން ވަކިން
އޯޑިއޯއެއްގައި ނުވަތަ ނިމުން ވަކިން އަޑުއިއްވާ ގޮތަށް)
20 އޯޑިއޯ ވާހަކައިން ތައްޔާރުކޮށްފައިވާ ސުވާލު ކަރުދާސް (ކޮންމެ
ކުއްޖަކަށް ކަރުދާހެއް)
|
||||||
Which
levels will be addressed?
ހިމަނާނީކޮންފެންވަރެއްގެ ޙަރަކާތްތަކެއް؟
|
Remembering ހަނދާނަށްގެނައުން Applying ބޭނުންކުރުން Evaluating ވަޒަންކުރުން
Understanding ދޭހަވުން Analyzing ދިރާސާކުރުން Creating އުފެއްދުން
|
||||||
Hook – How
you “HOOK”
students’ interest?
ޝައުޤުވެރިފެށުމަކުން ފަށާނީ ކިހިނެތް؟
5 މިނިޓް Time: ވަގުތު
-
އާދަޔާ ޚިލާފް
ތަފާތު މަންޒަރެއް (ފެންނަ ފެނުމާ، ޙަޤީޤަތަށް ހިނގާ ކަންތަކާ ތަފާތުކޮށް ފެންނަ
މަންޒަރެއް) ޓީވީ މެދުވެރިކޮށް ދެއްކުމަށްފަހު، އެ މަންޒަރުން ދޭހަވާ ކަންކަމާ ގުޅޭ ގޮތުން ވަކިވަކި ކުދިންނާ އަދި މުޅި
ކްލާހާ ސުވާލުކުރުން.
|
|||||||
Introduction” I do”
– Teacher direct instruction ވަގުތު: 5 މިނިޓް ޓީޗަރ ފިލާވަޅު ތަޢާރަފްކޮށްދިނުން
-
ފެންނަ ފެނުމާ،
އިވޭ އަޑާ، ލިޔެފައިވާ ލިޔުމަކުންވެސް އެކި މީހުންނަށް ދޭހަވާ މިންވަރާއި ގޮތް
ތަފާތު ވާކަން ބުނެދިނުން. އަދި މިގޮތުން ދޭހަވާ ދޭހަވުމަކީ ރަނގަޅު
ދޭހަވުމަކަށް ނުވެއްޖެނަމަ ވެދާނެ ދެރަގޮތުގެ މިސާލު ބުނެދިނުމާއެކު، ރަނގަޅަށް
ދޭހަ ކުރަން ދަސްކުރުމުގެ ހުނަރަކީވެސް ދަސްކުރަންޖެހޭ އެއްޗެއްކަން
ވިސްނައިދިނުން.
-
މިއަދުގެ
ފިލާވަޅަކީ ދޭހައިގެ ފިލާވަޅެއްކަމާއި، ފިލާވަޅު ނިމޭއިރު ޙާޞިލްކުރަން ބޭނުންވާ
މަޤްޞަދުތައް ކުދިންނަށް ބުނެދިނުން.
|
How will
you check for understanding during the lessons?
ކުދިންނަށް އެނގޭމިންވަރު ފިލާވަޅުގެ ތެރެއިން ދެނެގަންނާނެ ގޮތްތައް
- ދޭހައަކީ ކޮބައިތޯ ސުވާލުކުރުން
- ދޭހަ ކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންތައްތައް އެނގޭތޯ
ދަރިވަރުންނާ ސުވާލުކުރުން.
|
||||||
Activities “We do”
– Teacher student interaction and
student work in groups
22 މިނިޓް ޓީޗަރ ކުދިންނާއިއެކު ގެންދާ ޙަރަކާތްތަކާއި ގުރޫޕްޙަރަކާތްތައް
Time: ވަގުތު
1. ހަނދާން ބަހައްޓަންޖެހޭ ގިނަ
ޢަދަދެއްގެ ނަންތަކާއި، ޢަދަދުތައް ހިމެނޭ ގޮތަށް ލިޔެފައިވާ ޢިބާރާތްކޮޅެއް
ލިޔެފައިވާ ކަރުދާސްކޮޅެއް އެއް ކުއްޖެއްގެ އަތަށް ދިނުމަށްފަހު، އެހެން
ކުދިންނަށް އަޑު ނީވޭވަރަށް ވިސްނައިގެން ދެފަހަރު ކިޔުމަށް ބުނުން. އަދި
އެއަށްފަހު، އޭގައިވާ މަޢުލޫމާތުކޮޅު އެހެން ކުދިންނަށް ނީވޭގޮތަށް އެހެން
ދަރިވަރަކަށް ބުނެދިނުމަށް ބުނުން. މިގޮތަށް ފަހަރަކު ކުއްޖަކު، އެއްކުއްޖަކު
އަނެއް ކުއްޖަކަށް ބުނެދެމުންގޮސް އެންމެ ފަހު ކުއްޖާއަށް ބުނެދިނުމުން،
މަޢުލޫމާތުކޮޅުގެ ތެރެއިން ބައެއް ސުވާލު އެންމެފަހު ކުއްޖާއާ ކުރުން. އަދި ލިބޭ
ޖަވާބު، އެހެން ކުދިންނަށް ލިބުނު މަޢުލޫމާތާ ދިމާވޭތޯ ބެލުން. އަދި
މަޢުލޫމާތުކޮޅުގެ ތެރެއިން އިތުރު ބައެއް ސުވާލު އެހެން ކުދިންނާވެސް ކޮށް، ލިބޭ
ޖަވާބު ރަނގަޅުތޯ ކުދިންނާ ސުވާލުކޮށްގެން ބެލުން.
2. ރެކޯރޑް ކޮށްފައިވާ ވާހަކައެއްގެ
އޯޑިއޯ (5-7 މިނިޓްގެ އޯޑިއޯއެއް) އަޑުއަހައިގެން، ސުވާލަށް ޖަވާބުދިނުން.
-
އޯޑިއޯ
އަޑުއިއްވުމުގެ ކުރިން، ތައްޔާރުކޮށްފައިވާ ސުވާލުތައް ކުދިންނާ ޙަވާލުކޮށް،
ސުވާލުތައް ރަނގަޅަށް ކިޔުމަށް ބުނުން. އަދި މި އޯޑިއޯއަކީ ވާހަކައެއްގެ އެއްބައިކަމާއި،
އޯޑިއޯ އަޑުއެހުމަށްފަހު ކުރާ މަސައްކަތެއްގެ ގޮތުގައި، ވާހަކައިގައި ހިނގާ
ކަންކަމަށް ވިސްނުމަށްފަހު، ވާހަކައިގެ ނިމުން އަންނާނެގޮތް ލަފާކޮށް ލިޔަން
ޖެހޭނެކަން ދަރިވަރުންނަށް ބުނެދިނުން.
-
ސުވާލުތައް (12
ސުވާލު) ހުންނާނީ އަޑުއަހާ ވާހަކައިގެ ތެރެއިން ޖަވާބު ދެވޭނެ ތަރުތީބުންކަމާ،
ޖަވާބުތައް ލިޔާނީ އަޑުއަހަމުން ދާއިރު ވީހާވެސް ކުރުކޮށް ކަމުގައި އިރުޝާދު
ދިނުން. އަދި ޖަވާބުތައް ލިޔުމުގައި އެއްވެސް ކުއްޖަކު އަނެއްކުއްޖަކާ
މަޝްވަރާނުކޮށް ޖަވާބު ލިޔުމަށް ބުނުން.
-
އޯޑިއޯ އަޑުއިއްވާ،
ދަރިވަރުން ޖަވާބުދީ ނިމުމުން، ދެވިފައިވާ ޖަވާބުތައް ޗެކްކޮށްލުމަށް ކުޑަ
ވަގުތުކޮޅެއް ދިނުން.
-
ޖަވާބުތައް
ޗެކްކޮށް ނިމުމުން، ކްލާސް ހަތަރު ގްރޫޕަށް ބަހާލުން. އަދި ގްރޫޕްގައި ހިމެނޭ
ކުދިންގެ ޖަވާބުތައް އަޅާކިޔުމަށްފަހު، އެންމެ ގިނަކުދިންނަށް އެއްބަސްވެވޭ
ގޮތެއްގެ މައްޗަށް އަލުން ޖަވާބުތައް އިޞްލާޙްކުރުވުން.
-
ޖަވާބުތައް
އަޅާކިޔައި، އިޞްލާޙްކުރާއިރު، ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ސުވާލަށް
އެންމެ ރަނގަޅަށް ޖަވާބު ދެވިފައިވާ ކުދިންނަކީ ކޮބައިކަން ކަނޑައެޅުމަށް
ބުނުން.
-
ގްރޫޕްތަކުން
ޖަވާބުތައް އަޅާކިޔާ، އިޞްލާޙްކޮށް ނިމުމުން، ފުރަތަމަ 3 ސުވާލުގެ ޖަވާބު އެހެން
ގްރޫޕްތަކުން ދީފައިވާ ގޮތް، އެ ގްރޫޕްތަކަށް ގޮސް އަޅާކިޔާ ބެލުމަށް ބުނުން.
އަދި އެނބުރި ގްރޫޕަށް އައިސް، އެހެން ގްރޫޕްތަކުގެ ޖަވާބުތައް ގްރޫޕަށް
ހުށައަޅައި، އެ ޖަވާބުތަކާމެދު އަމިއްލަ ގްރޫޕްގައި މަޝްވަރާކޮށް ފާޑުކިޔުން.
(ގްރޫޕްތަކުގެ ޖަވާބުތައް ބެލުމަށް ކޮންމެ ގްރޫޕަކުންވެސް ދާނީ ގްރޫޕަކަށް
ކުއްޖެކެވެ.) ބާކީ ކުދިން ތިބޭނީ އެހެން ގްރޫޕްތަކުން އަންނަ ކުދިންނަށް ޖަވާބު
ދިނުމަށްޓަކައި ގްރޫޕްގައެވެ.)
-
ގްރޫޕްތަކުން
ޖަވާބުތަކާމެދު ފާޑުކިޔާ ގޮތް ނިންމުމުން، އަލުން އޯޑިއޯ އެއްފަހަރު
އަޑުއިއްވުން. އަދި އަޑުއަހަމުން ދާއިރު، ދެވިފައިވާ ޖަވާބުތަކާ ދޭތެރޭ
ވިސްނުމަށް ބުނުން.
-
އަލުން އޯޑިއޯ
އަޑުއިއްވުމަށްފަހު، އެންމެ ރަނގަޅު ޖަވާބުތަކަކީ ކޮބައިތޯ ދަރިވަރުންނާ
ސުވާލުކޮށް ކަނޑައެޅުން. އަދި އެންމެ ގިނަ ސުވާލަށް އެންމެ ރަނގަޅަށް ޖަވާބު
ދެވިފައިވާ ގްރޫޕަކީ ކޮބައިކަން ކަނޑައެޅުން. އަދި މިހިސާބުން ގްރޫޕް މަސައްކަތް
ނިންމާލުން.
|
How will
you check for understanding during the lessons?
ކުދިންނަށް އެނގޭމިންވަރު ފިލާވަޅުގެ ތެރެއިން ދެނެގަންނާނެ ގޮތްތައް
ވަކިވަކި ކުދިންނާ ސުވާލުކުރުން
ކުދިން މަސައްކަތްކުރަމުންދާ ގޮތް މޮނިޓަރކުރުން.
|
||||||
Activities “You do”
– Challenging meaningful independent
tasks
8 މިނިޓް ކުދިންގެ ފެންވަރާގުޅޭ ޗެލަންޖިން މަސައްކަތްތައް Time:ވަގުތު
-
ކުރިން
އަޑުއިއްވި ވާހަކައިގެ ނިމުން އަންނާނެ ގޮތް، ވާހަކައިގައި ކަން ހިނގާފައިވާ
ގޮތަށް ވިސްނުމަށްފަހު ކޮންމެ ދަރިވަރަކުވެސް އަމިއްލައަށް ލިޔުމަށް ބުނުން.
މިގޮތުން ނިމުން އަންނާނެގޮތް ލިޔާއިރު، ފަސްފޮޅުވަތަށްވުރެ ދިގުނުވާގޮތަށް އަދި
ވާހަކަ ޢިބާރާތްކުރާ ގޮތާ ޚިލާފަށް، ޢާއްމުކޮށް ޢިބާރާތްކޮށްއުޅޭ ގޮތަށް
(ސުވާލަކަށް ޖަވާބުދޭ ގޮތަށް) ލިޔުމަށް ބުނުން.
-
ހުރިހާ ކުދިން
ލިޔެ ނިމުމުން، ވާހަކައިގެ ނިމުން އަޑުއިއްވާ، އަޅާކިޔުން. އަދި އެންމެ ގާތްކުރާ
ގޮތަށް ލިޔެވިފައިވާ ކުއްޖަކީ ކޮބައިކަން ބެލުން.
-
އެންމެ
ގާތްކުރާގޮތަށް ނިންމުން ލިޔުނު ދަރިވަރު އެގޮތަށް ނިންމުން އަންނާނެކަމަށް
ކަނޑައެޅީ ވާހަކައިގެ ތެރެއިން ދަރިވަރަށް ފާހަގަވި ކޮން ކަންތައްތަކަށް
ބެލުމަށްފަހުގައިތޯ ސުވާލުކޮށް ކްލާހަށް ޖަވާބު ހުށައެޅުވުން. އަދި އެ ކަންކަމާ
ދޭތެރޭ އެހެން ދަރިވަރުން ދެކޭ ގޮތް ބެލުން.
|
How will
you check for understanding during the lessons?
ކުދިންނަށް އެނގޭމިންވަރު ފިލާވަޅުގެ ތެރެއިން ދެނެގަންނާނެ ގޮތްތައް
ކުދިން މަސައްކަތްކުރަމުންދާއިރު ބެލުން.
|
||||||
Teacher
Reflection
ޓީޗަރުގެ ބަޔާން
What
worked well? އެންމެ ރަގަޅަށް ދިޔަކަންތައްތަކަކީ
ކޮބާ؟
What
would you like to change next time? ދެން ފަހަރަކުން ބަދަލުކުރާނެ ކަންކަމަކީ ކޮބާ؟
|
Checked
by Supervisor:
|
||||||
2. އެސައިންމެންޓް ހަދަން މެތަޑު އިޚްތިޔާރުކުރި ސަބަބު
އަޅުގަނޑު ތައްޔާރުކުރި މިޒަމާނުގެ
ލެސަން ޕްލޭނަކީ ދިވެހި ބަސް ކިޔަވައިދޭ ލެސަން ޕްލޭނެއްކަމުން،އަޅުގަނޑު ވިސްނުން ބެހެއްޓީ ބަހުގެ ހަތަރު ހުނަރު ކަމަށްވާ އަޑުއެހުމާ ،ލިޔުމާ ،ކިޔުމާ އަދި ވާހަކަދެއްކުން ހިމެނޭފަދަ
ގޮތަކަށް ލެސަން ޕްލޭން ވާނީ ފަރުމާކުރެވިފައެވެ. މައިގަނޑު ގޮތެއްގައި މިލެސަން
ޕްލޭނުގައި ހިމެނިފައިވާނީ ކޯޕަރޭޓިވް ލާނިންނެވެ.މިގޮތުން މިކްސްޕެއަރ
ޑިސްކަޝަން، ޓީމްޕެއާސޯލޯ އަދި މީގެ އިތުރުން އަމިއްލައަށް އަދި ގުރޫޕުގައި ޙާޞިލު
ކުރަންޖެހޭ ކަންތައްތަކާއި، އިންޑިވިޖުއަލް އަދި ގްރޫޕްން ގުޅިގެން، ގުރޫޕުގެ އެކަކު އަނެކަކު އެއްބާރުލައިގެން މަޝްވަރާކޮށްގެ
ޙާޞިލު ކުރަންޖެހޭ ބައިތަކެއް ވެއެވެ. އޭގެތެރޭގައި ދަރިވަރުން އެދަރިވަރެއްގެ
އަމިއްލަ ކުރިއެރުމަށްޓަކައި ޙާޞިލުކުރަންޖެހޭ ކަންތައްތަކާއި، ގުރޫޕުގައި މަސައްކަތްކުރާއިރު ދަރިވަރުންގެ
އެއްބާރުލުމާއިއެކު ޙާޞިލް ކުރަންޖެހޭ ކަންތައްތައް އެކުލެވިގެން ވެއެވެ. އެގޮތުން އަމިއްލައަށް ކުރާ މަސައްކަތްތައް ވަޒަންކޮށް،
އެއިން ނިކުންނަ ނަތީޖާ ގުރޫޕާއި
ހިއްޞާކޮށް ގުރޫޕުގެ ކުދިންގެ ތެރެއިން އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް
އެހީތެރިކަން ފޯރުކޮށްދޭންނެއެވެ. ގުޅިގެން އެއްބާރުލައިގެން އުނގެނުމުގެ
މައިގަނޑު ބޭނުމަކީވެސް އެއީއެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށްލިބިފައިވާ
މަޢުލޫމާތާއި ހުނަރު ހިއްސާކުރުމުގެ ފުރުޞަތުލިބުމާއި،އެކަކު އަނެކަކުގެ އިޖުތިމާޢީގުޅުންވެސް
ބަދަހިވުމުގެ ފުރުޞަތުލިބިގެން ދާނެއެވެ. އަދި މީގެ އިތުރުން ދަރިވަރުން ތަފާތު
ސައިޒުގެ ގުރޫޕުތަކުގައި މަސައްކަތް ކުރުމުގެ ހުނަތު ދަސްކޮށްދިނުނުމާއި ދިނުން
ހިމެނިގެން ދެއެވެ.އަދި މީގެ އިތުރުން އަމިއްލަ ގޮތެއްގައި ކިޔެވުމަށްވުރެ ބޮޑަށް
ގުޅިގެން އެހީތެރިވެދީގެން އުނގެނުމުގެ މަގުތަނަވަސްކޮށްދިނުންވެސް ހިމެނިގެން
ދެއެވެ.
ގުރޫޕު މަސައްކަތުން ވަރަށް ގިން
ކަންކަން ދަރިވަރުންނަށް ދަސްވެގެން ދެއެވެ. މިގޮތުން ދަރިވަރުން އިނިޝިއޭޓް
ނަގައިގެން އަމިއްލައަށް މަސައްކަތްކުރާނެގޮތާއި، އެކަކު އަނެކެއްގެ އެހީތެރިކަމާއިއެކު
މަސައްކަތްކުރުމާއި،އެކަކު އަނެކަކު ވާދަވެރިކަމުގެ ތެރެއިން
މަސައްކަތްކުރާނެގޮތާއި ،އެކަކު އަނެކަކުގެ ޚިޔާލާ،ފިކުރަށް އިޚްތިރާމުކުރާގޮތަށް
މަސައްލކަތްކުރުމާއި ،ތަފާތު ގިނަ މައްސަލަތައް އަމިއްލައަށް ހައްލުކުރުން
ހިމެނިގެން ދެއެވެ.
މަތީގައިވާ ލެސަންގައި ހިމެނޭ ފިލާވަޅު
ގެންދާއިރު އެއްދަރިވަރަކު އަނެއްދަރިވަރާ މަސައްކަތް ހިއްޞާކޮށް އެހީތެރިވެދީ ކާމިޔާބު ހޯދޭނެ ގޮތަށް މަގުފަހިވާގޮތަށް އެކްޓިވިޓީތައް ރޭވިފައިވާނެއެވެ. އޭގެތެރޭގައި، އަނގަބަހުން
ކިޔައިދޭ އެއްޗަކާއި، އެއްކުއްޖަކަށް ލިބިފައިވާ މަޢުލޫމާތު އަނެއްކުއްޖަކަށް
ކިޔައިދިނުން ހިމެނެއެވެ. މިކަންކަން ކުރުމަށްޓަކައި ދަރިވަރުން އެއްކުއްޖަކު
އަނެއްކުއްޖަކާ ކުރިމަތިލާގޮތް ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. އެހެންކަމުން
ދަރިވަރުންނަށް އެހެން ކުދިންގެ މިޒާޖު ދެނެގަތުމަށް ވީހާވެސް ބޮޑަށް ފުރުޞަތު
ލިބޭނެ ގޮތަށް މަގުފަހިވާނެ ގޮތަށް މިލެސަން ވާނީ ރޭވިވައެވެ. މަތީގައި
ދެންނެވިފައިވާ ގޮތްތަކަކީ އަޅުގަނޑުގެ ލެސަންޕްލޭނުގައި ހިމެނޭ ކަންކަމުގެ
ހުރިފައިދާތަކެވެ. ދަރިވަރުން ހަރަކާތުގައި ގެންގުޅެ ދަސްކޮށްދޭ ދަސްކޮށްދިނުން
ސިކުނޑީގައި ހަރުލާނެކަމަށް ތަޢުލީމީ މާހިރުންގެ ބަސްތަކުން އެނގި ފާޅުކުރާތީ
އެފަދަގޮތަކަށް ލެސަން ރޭވުން މުހިއްމުކަމަކަށް ވާތީ އަޅުގަނޑުގެ ލެސަން
ހެދުމުގައި ކުރިން ދެންނެވުނު މެތަޑް އިޚްތިޔާރުކުރީއެވެ.
3. ލިޓްރެޗާރ ރިވިއު
ލެސަން ޕްލޭން ހެދުމަކީ ޓީޗަރުން
ކޮންމެހެންވެސް ކުރަންޖެހޭ މުހިއްމު މަސައްކަތެކެވެ. ލެސަން ޕްލޭން ހެދުމުން
މުދައްރިސަށް ކްލާހުގައި ފިލާވަޅުތަށް ގެންދިއުމަށް ފަހި މަގަކަށްވެއެވެ. ލެސަން
ޕްލޭނެއް ނެތި ފިލާވަޅު ގެންދިއުމަކީ ހަރުދަނާ ކަމެއްނެތި ކަމެއްކުރާ އުސޫލުން
ކަމެއް ކުރުމެވެ. ހަރުދަނާކަންމަތީ ކަންކަން ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.
ލެސަން ޕްލޭނިންގ މި ބަހުން ވަރަށް ގިނަ
ކަންކަން އަންގައިދެއެވެ.ވަރަށް ގިނަ މުދައްރިސުން ބުނާނީ އަދާކުރަން ޖެހޭ
ވާޖިބެއްކަމުގައެވެ. އެއީ އެހީތެރިވެ،މަގުދައްކައިދޭ އެއްޗެއްގެ ގޮތުގައެވެ.
އަނެއްބައި މުދައްރިސުން އެކަން ސިފަކުރާނީ އުނދަގޫ ބޭނުންތެރިކަމެއް ނެތް ކަރުދާހުގެ މަސައްކަތެއްގެ ގޮތުގައެވެ. ހަޤީގަތުގައި ލެސަންޕްލޭން ހެދުމަކީ މުދައްރިސަކަށް ކުރަންޖެހޭ އެންމެ މުހިއްމު އެއްމަސައްކަތެވެ. ކިތަންމެ މައްޗަކަށް ކިޔެވިފައި ހުރި މީހަކުވެސް ކުލާސްރޫމަށް ކިޔަވައިދޭން ވަނަކަމުގައިވާނަމަ ލެސަން ޕްލޭން އޮންނަންޖެހެއެވެ. އާއްމު ގޮތެއްގައި "ލެސަން ޕްލޭންކުރުމުގައި ހިމެނެނީ، ހަމައެކަނި މުދައްރިސް އުފައްދާފައިވާ ލިޔެވިފައިވާ
ފަރުމާއެކެވެ.ހަގީގަތުގައި ލެސަން ޕްލޭންކުރުމުގައި ހިމެނެނީ ދެ ހަރަކާތެކެވެ.
1.
މެންޓަލް ޕްލޭނިންގ (ސިކުނޑީގެ ރޭވުމާއި )
2.
ލިޔެވިފައިވާ ޕްލޭން އެއް ގެންގުޅުން
(ލިޔެގެން ގެންގުޅޭ ހަރަކާތްތައް ރޭވާން ގެންގުޅޭ ފޮތް)"
Glanz,
J. 2004))
މެންޓަލް ޕްލޭނިންގައި މުދައްރިސް
ފުންކޮށްވިސްނައި ގޮތެއްކަނޑައަޅާނީ،
ކިޔަވައިދޭން ބޭނުންވާ މައުލޫއެއް
ގެހުރި މުހިއްމު ސުވާލުތަކާއި މެދުގައެވެ. އަދި މީގެ އިތުރުން ކުރިއަށް ހުރި
ފިލާވަޅުތަކުގައި ވެދާނެ ގޮތަކާއި މެދު ރަނގަޅު ތަސައްވަރެއް ކުރުމަކީ ވަރަށް
ބޭނުންތެރިކަމެކެވެ. ލިޔެފައިވާ ޕްލޭނެއް ލިޔުމުގެ ކުރިން ސިކުނޑިގައި އެޕްލޭން
ގެންނާނެ ގޮތެއް އެކަށައަޅަން ޖެހެއެވެ. ފިލާވަޅުން ހާސިލްކުރާނެ ކަންކަމާއި،ފިލާވަޅު ނިމޭއިރު ދަރިވަރުން ދަސްކުރަން ބޭނުންވާ
ކަންކަމާއި އަދި ތިބާގެ މަޤުސަދުތައް ހާސިލްކުރަން ހަދާނީ ކިހިނެއްކަން ތަސައްވުރު
ކުރުމަކީވެސް މެންޓަލް ޕްލޭނިންގެ މުހިއްމު އަސާސެވެ. ލިޔެވިފައިވާ ޕްލޭންއިން
ހަނދާންކޮށްދޭނީ މުދައްރިސް ކޮންމެވެސް ހިސާބެއްގައި ބޭނުންކުރަން ބޭނުންވާ
މައުޞޫތައް، ކޮންސެޕްޓްތައް،
ހުނަރުތައް، އަދި
ހަރަކާތްތަކެވެ. ޖުމްލަގޮތެއްގައި އެ މުދައްރިސުގެ މަގުޗާރޓެވެ. ތަފާތު
ސުކޫލުތަކަށް ބޭނުންވާނީ ތަފާތު ޕްލޭނެވެ.
"ލެސަން ޕްލޭނެއް ތައްޔާރު
ކުރުމުގައި ވިސްނަން ޖެހޭ މައިގަނޑު 4 ކަމެއް އޮވެއެވެ. އެއީ ކަރިކިއުލަމް
ކިޔަވައިދެނީ ކޯއްޗެއްކަން ދެނެގަތުމާއި ، ފިލާވަޅުން އެކުދިން ހާސިލު ކުރަންވީ
ކޮންބައިތަކެއްކަން ދެނެގަތުމާއި، ފިލާވަޅެއް ފެށުމުގެ ކުރިން އެފިލާވަޅަކާ
ގުޅޭގޮތުން ކުދިންނަށް އެނގެނީ ކިހާ މިންވަރެއްތޯ އާއި އާ މައުލޫމާތު އާފިލާވަޅު
ދަރިވަރުންނަށް ބުނެދިނުމަށް ބޭނުންކުރާނެ މަދުވެގެން އެއް ގޮތެއް ހޯދައި
ދެނެގަތުމާއި އަދި ފިލާވަޅު ނިންމާލުމަށް ފަހު ފިލާވަޅުގެ ޚާއްޞަ ހާސިލުވިތޯ
ބަލާނެ މަދުވެގެން އެއްގޮތަކާއި މިންގަނޑެއް ކަނޑައަޅާށެވެ." ( އާއިޝަތު ޒައީމާ2011) ރާއްޖޭގަ ގިނަ ސްކޫލް ތަކުގައި ކަރިކިއުލަމުގެ ބޭނުން
ހިފަމުންދާތަނެއްނުފެނެއެވެ. ހަމަ ޔަޤީނުންވެސް ރާއްޖޭގެ ބޮޑެތި ސްކޫލުތަކުގެ
ތެރެއިން ކަރިކިއލަމު ބަލައިގެން ކިޔަވައިދޭން ބޭނުންވަނީ ކޯއްޗެއްކަމެއް
ދެނަގަނެވިފައެއްނޯވެއެވެ. އަޅުގަނޑު މަސައްކަތްކުރާ ސްކޫލަކީ ރާއްޖޭގެ ނިސްބަތުން
ބޮޑު ސުކޫލެކެވެ. ހަމަ ޔަޤީނުންވެސް ސްކީމު ހެދުމުގެ މަރުހަލައިން ފެށިގެން
ލެސަންޕްލޭނު ހެދުމާ ކިޔަވައިދިނުމާ ހަމައަށްވެސް ޕްރައިމަރީ ގްރޭޑްތަކުގައި
ކަރިކިއުލަމުގައި އޮތީ ކީކޭތޯވެސް ބަލާކަމެއް އަޅުގަނޑަކަށް ޤަބޫލެއް
ނުކުރެވެއެވެ.އަދި ޕްރައިމަރީ ކަރިކިއުލަމަކީ ބަދަލްކުރަންވެފައިވާ
ކަރިކިޔުލަމެއްކަން ފާހަގަކުރެވޭ، ގިނަ ސްކޫލުތަކުގައި މައިގަނޑު ގޮތެއްގައި
ސްކީމު ހެދުމަށް ބޭނުންކޮށްފައި ހުންނަނީ ޓެކްސްފޮތްތަކެވެ. އެހެންނަމަވެސް ބައެއް
ސެކަންޑަރީގެ ބައެއް މާއްދާތަކުގައި ކަރިކިޔުލަމު ބަލައިގެ ސްކީމުހެދުންކަހަލަ
މަސައްކަތް ކޮންމެވެސް ވަރަކަށް ކުރާކަންވެސް ފާހަގަކުރެވެއެވެ.
ލެސަން ޕްލޭން ތައްޔާރު ކުރުމުގެ
ސަބަބުން މުދައްރިސު ގެންދާ ފިލާވަޅުތަށް ގެންދިއުމުގައި ފަސޭހަކަން
ފާހަގަކުރެވެއެވެ.މިގޮތުން ރޭވިފައިވާ ފިލާވަޅުގެ މުހިއްމު ޕޮއިންޓްތަށް އެއްވެސް
ފުށުއެރުމެއްނެތި އޮމާންކަމާއިއެކު ގެންގޮސް ނިންމާލުމުގެ ފުރުޞަތު
އެމުދައްރިސަކަށް ލިބިގެންދެއެވެ.އެންމެ އެކަށީގެންވާ ގޮތަކަށް ލެސަން ޕްލޭން
ހެދިއްޖެނަމަ ކުލާހުގައި ތިބޭ ދަރިވަރުންގެ ތަފާތު ހުނަރުތައް،ތަރައްޤީވެގެދެއެވެ. މިހާރުވެސް އަދި މީގެކުރިންވެސް
ކުލާސްރޫމުގައި ކިޔަވައިދޭ ތަކެތި އާންމު ދިރިއުޅުމުގައި ބޭނުންކުރުމުގައި އެންމެ
އެކަށީގެންވާގޮތެއްގައި ބޭނުންކުރެވޭތަން ފެންނަމުން ނުދާ އެއްސަބަބަކީ
ލެސަންޕްލޭންތަކުގައި މިހާރުވެސް އެންމެ އެދެވޭގޮތުގައި މިދެންނެވި ކަންކަން
ވިސްނުމުގައި ނުބެހެއްޓި ލެސަންޕްލޭން ހަދަމުން ގެންދިއުމުގެ ނަތީޖާއެވެ. ކޯހެއްގެ
އެސައިންގމެންޓަކަށް ހަދާކަހަލަ ލެސަންޕްލޭންތަށް ޓީޗަރުން އަމަލީ މައިދާނުގައި
ނުހެދުން ހިމެނިގެން ދަނީ ކުލާސްރޫމުގައި ކިޔަވައިދޭ ތަކެތި އާންމު ދިރިއުޅުމުގައި
ދަރިވަރުންނަށް ބޭނުންކުރަން ނޭންގޭ އެއްސަބަބެއްގެގޮތުގައެވެ. ލެސަންޕްލޭން އެންމެ
އެކަށީގެންވާގޮތަށް ހެދިއްޖެނަމަ ކިޔަވައިދޭ ތަކެއްޗާ އާންމު ދިރިއުޅުން
ގުޅުވާލުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެއެވެ. ލެސަންޕްލޭން އެދެވޭގޮތުގައި ނުހަދާ
ދަރިވަރުން ޓެކްސްފޮތް ކިޔާލުމުން ފިލާވަޅުގެ މަޤުޞަދު ހާސިލެއް ނުވާނެއެވެ. އަދި
މީގެ އިތުރުން އެއްފިލާވަޅު އަނެއްފިލާވަޅާ ދެމެދުގައިވާ ގުޅުން ދެނެގަތުމާއި، ތަފާތު މާއްދާތަކުގެ ގުޅުން ދެނެގަތުމާއި އަދި ސްކޫލާއި
ސްކޫލުން ބޭރުގެ މާހައުލުގެ ތަފާތު ދެނަގަތުމުގެ ޤާބިލްކަން ކުދިންގެ ގައިގައި
އަށަގަންނަންވާންވާނެއެވެ.
ލެސަން ޕްލޭން ތައްޔާރުކުރުމުގައި
ބެލިދާނެ އަނެއްކަމަކީ ދިގުމުއްދަތާ ކުރުމުއްދަތުގެ ލަނޑުދަނޑިތައް ކަނޑައެޅުމެވެ.
ލަނޑުދަނޑި ކަނޑައެޅުމުން ލިބިގެންދާނެ ފައިދާއަކީ މުދައްރިސަށް ފިލާވަޅުތަށް
ވަޒަންކުރުމުގައި ފަސޭހަކަން ލިބިގެންދިއިމެވެ. ލަނޑުދަނޑިތަށް
ކަނޑައަޅައިގެންދާއިރު ދަރިވަރުންގެ ވިސްނުމާއި އުނގެނުމުގެ ފެންވަރާއި
އެކަށީގެންވާ ގޮތުގެ މަތީން ލަނޑުދަނޑި ކަނޑައެޅުމަކި ވަރަސް މުހިއްމުކަމެކެވެ.
މިޒަމާނުގެ ލެސަން ޕްލޭނުގައި އަޅުގަނޑު ހިމަނާފައިވާ އަނެއް ތިޔަރީ އަކީ
ކޮންސްޓްރަކްޓިވް ޕާސްޕެކްޓިވް މިގޮތުން ޕިއާޖޭގެ ތިއަރީގައިވާ ގޮތުގައި ކުއްޖާ
ވިސްނާ ވިސްނުމަށް އެކި އުމުރުފުރާގައި އެކި ގޮތަށް ބަދަލުއަންނަކަން
ފާހަކަކުރައްވައެވެ. މިގޮތުން މިލެސަންގައި ދަރިވަރުން ފުޅާ ދާއިރާއެއްގައި
ވިސްނުމުގެ ފުރުޞަތު ލިބިގެން ދެއެވެ. މި ތިއަރީގައި ގްރޫޕްކޮށް
މަސައްކަތްކުރުވުމާއި ދަރިވަރުން ލައްވައި ވިސްނުވުމަށް ބާރުއަޅައެވެ. އަދި މުދައްރިސަކީ
ދެނެގަތުމަށް އެހީތެރިވެދޭ ފަރާތެއްކަމުގައި ވުމަށް ބުނެއެވެ. މުޖުތަމައާއި ތަފާތު
ޘަޤާފަތާއި އެހެންމީހުންގެ ތަޖުރިބާއަކީ، އުނގެނުމުގައި ވަރަށް ބޭނުންތެރި
އެއްޗެއްކަމަށް ހަމަކޮށްދީފައިވެއެވެ. އުފެއްދުންތެރި ވިސްނުމެއް ގެންގުޅޭ ބަޔަކު
އުފެއްދުމަށް މި ތިއަރީއަކީ ފައިދާކުރުވަނިވި ތިއަރީއެކެވެ.
މިގޮތުން
ގުރޫޕުތަކުގައި ދަރިވަރުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރާނީ އެދަރިވަރުން
އަމިއްލައަށް އެދަރިވަރުންގެ ހިޔާލާ ފިކުރު އެދަރިވަރަކު ބޭނުންވާގޮތަކަށް ބަހައްޓައިގެން
ކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުމެވެ. ޓީޗަރު ކުރާކަމަކީ ގައިޑްކޮށްދިނުމާއި
ޓްރެކުން ނެއްޓި މަސައްކަތް ނުދާނެގޮތަކަށް ދަރިވަރުންނަށް އެހީތެރިވެދެއްވުމެވެ.
ފިލާވަޅުގެ މަޤްސަދު އެކުލަވާލުމުގައާއި، ލެސަން ޕްލޭން ތައްޔާރުކުރުމުގައި ދަރިވަރުންގެ ކިޔެވުމުގެ
ވައްޓަފާޅި އަށް ސަމާލުކަން ދޭން ވާނެއެވެ. މިގޮތުން އަވަހަށް ފިލާވަޅު
ނަގައިގަންނަ ކުދީންނާއި ތަންކޮޅެއް ލަސް ކުދީން އަދި ކިޔަވާ ހިތްވާ ކުދީންނާއި
ކިޔެވުމަށް ފޫހިވާ ކުދީން ފާހަގަކޮށް އެކަންކަމަށް ވިސްނަންވާނެއެވެ. ހަމަ
އެގޮތަށް ގިނަ ކުދީންނާއި އެކުގައި މަސައްކަތް ކުރަން ފަސޭހަކުދީންނާއި ،އެފަދަ ގްރޫޕްތަކުގައި މަސައްކަތް ކުރަން އުދަގޫކުދީން
އަދި، ލިޔެފައިވާ އެއްޗަކުން ފަސޭހައިން ފިލާވަޅު ނަގައިގަންނަ
ކުދީންނާއި، މުދައްރިސް ފިލާވަޅު ކިޔާދޭ ވަގުތު އަޑު އަހައިގެން
ފިލާވަޅު ނަގައިގަންނަ ކުދީން ތިބޭ ކަން ވިސްނުން ބަހައްޓައިގެން ލެސަންޕްލެން
ހެދުން ވަރަށް މުހިމުކަމެކެވެ.
އުސްތާޒާ ކުރެވުނު އިންޓަވިއުގެ ނަތީޖާ
އަޅުގަނޑުގެ ދެލެސަނަށްވެސް
ފާޑުކިޔުއްވި ދެ އުސްތާޒުން ވަރަށް ބިނާކުރަނިވި ފާޑު ކިޔާފައިވާކަން އަޅުގަނޑު
ދެކެމެވެ. މިގޮތުން ދެ އުސްތާޒުންވެސް، ކުރީގެ ފޯމެޓަށް ތައްޔާރު ކުރެވިފައިވާ
ލެސަންޕްލޭނުގެ މަޤްޞަދު ލިޔުމުގައި ސްމާރޓް ފޯމެޓަށް ލިޔުމަށް ސަމާލުވެފައި
ނެތްކަމަށް ފާހަގަކުރައްވާފައިވޭ، ކުރީގެ ފޯމެޓްގެ ލެސްން ޕްލޭންގަ
މަގުޞަދުގައި ހިމަނަންޖެހޭ ތިންބައި ހިމެނިފައެއްނެތްކަން ފާހަގަ ކުރެއްވިއެވެ.
އަދި ޖަވާބުދޭންވީ ކޮންސުވާލުތަކަކަށް ކަމެއްވެސް ނޭނގޭކަންވެސް
ފާހަގަކުރެއްވިއެވެ. އަދި ކުރީގެ ލެސަންގެ މަޤްޞަދު ޢިބާރާތްކޮށްފައިވާގޮތަށް
ބަލާއިރު މަޤްޞަދު ޢިބާރާތް ކޮށްފައިވަނީ ކުދިން ކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ.
ފަހުގެ ފޯމެޓަށް ލިޔެފައިވާ ލެސަންޕްލޭންގައި މަޤްޞަދުތައް ސާފުވެފައި، ބަހުގެ ހުނަރުތައް (4 ހުނަރު) އެކުލެވޭ ގޮތަށް ލިޔެފައި ވާކަން އުސްތާޒު ފާހަގަކުރެއްވި އަދި ސްމާރޓް ފޯރމުގައި މަޤުޞަދު ހުރިކަންވެސް ފާހަގަކުރެއްވި، މަޤުޞަދާމެދު ދެވަނަ އުސްތާޒު އިތުރުކަމެއް ފާހަގަކުރެއްވި މިގޮތުން
މަގުޞަދު ވަރަށްސާފެވެ. "ކަންމިހެން ހުރުމާއެކު އަޅުގަނޑުނަމަ ދެވަނަ
ފިލާވަޅުގެ މަގުޞަދުގައި ބުނެދޭނެ، ޖަވާބުދޭނެ، ފާޑުކިޔާނެ، ލިޔާނެ
މިހެންހުރިތަންތައް ލިޔާނީ ދަރިވަކުރާކަމެއްގެ ގޮތުގައެވެ. ސަބަބަކީ ކިޔަވައިދިނުމާ
ބެހޭ މިޒަމާނުގެ ގިނަ ތިޔަރިސްޓުން ލެސަންޕްލޭނުގެ މަޤުޞަދު
ދަރިވަރުން ކުރާކަމެއްގެ ގޮތުގައި ލިޔުމަށް ބުރަވާތީއެވެ".
މައިގަނޑު ހަރަކާތާމެދު ދެ އުސްތާޒުން
ދެކިފައިވާގޮތަށް ބަލާއިރު ކުރީގެ ލެސަންގައި ހަރަކާތްތައް ތަފްސީލުކޮށް ނެތުމާ
ކުދިންގެ ބައިވެރިވުން ކުޑަވުން. ކުދިންނަށް ފިލާވަޅު ދޭހަވުން ކުޑަވުން ،ކުދިންގެ
ޝައުޤުވެރިކަން ދެމެހެއްޓުމަށް ދަތިވުން. ފިލާވަޅުގައި ބޭނުންކުރަންޖެހޭ
ހުނަރުތައް ލެސަންޕްލޭންގައި އެނގެންނެތުމާއި، ފިލާވަޅުގެ ރިފްލެކްޝަން ލިޔުމަށް
ކަނޑައެޅިފައިނުވުން އަދި ޓީޗަރު ހުރިހާކަމެއްކުރާގޮތަށް ލެސަން
ފަރުމާކުރެވިފައިވުން،ކުދިންކުރާނެ މާބޮޑު ކަންތަށްތަކެއް ލެސަންގައި
ހިމެނިފައިނުވުންވެސް ހިމެނެއެވެ. އަދި ކުދިންގެ ޝައުޤުވެރިކަން ދެމެހެއްޓުމާއި
ފިލާވަޅުގައި ބޭނުންކޮށްފައިވަނީ
ކިޔަވައިދިނުމުގެ
"ވަރަށް އާދައިގެ، މުސްކުޅި" ގޮތްތަކެކެވެ. އަދި ފިލާވަޅުގައި ތަފާތު
ފެންވަރުގެ ކުދިންނަށާ، ބަހުގެ ތަފާތު ހުނަރުތަކަށް ސަމާލުކަން ދީގެން
ޙަރަކާތްތައް ހިމަނަން ސަމާލުކަން ދީފައި ނުވެއެވެ. އަދި ކުދިންގެ ފެންވަރާއި،ބޭނުންތަކާއި މިޒާޖަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުމުގައި ސަމާލުކަން ދޭން ދަތިވުމާއި، މިކަމުގެ ސަބަބުން
އުނގަންނައި ދިނުމުގައި ތަފާތު ފެންވަރުގެ ޙަރަކާތްތައް ހިމަނަން ސަމާލުކަން
ދެވޭލެއް ކުޑަކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ޒަމާނީ ލެސަންއަށް ބަލާއިރު
ފާހަގަކުރައްވާފައިވާ ކަންކަމަކީ ބަހުގެ ލެސަނެއްގައި މައިގަނޑު ހަތަރު ހުނަދު
ހިމެނިފައިވުމަކީ ރަނގަޅު ކަމެއްކަމުގައި އަދި ފިލާވަޅުގައި ބޭނުންކުރަންޖެހޭ
ހުނަރުތައް ލެސަންޕްލޭންގައި އެނގެން އޮތުންމާއި ތަފްޞީލް މަޤްޞަދުތަކެއް
ހިމެނޭގޮތަށް އަދި ތަފާތު ޙަރަކާތްތަކެއް ހިމެނޭގޮތަށް އެ ފިލާވަޅު
ރާވައިލެވިފައިވެއެވެ. ފިލާވަޅުގައި ގެނެވިފައިވާ އެކްޓިވިޓީތަކަކީ ފިލާވަޅާ
ވަރަށްބޮޑަށް ގުޅުންހުރި އަދި ފިލާވަޅުގައި ހިމެނޭ މަގުޞަދުތަށް ހާޞިލްވާނެ
އެކްޓިވިޓީ ތަކެއްކަމަށް ދެއުސްތާޒުވެސް އެއްބަސްވެފައިވާ އަދި ލެސަނުގައި
ބޭނުންކުރާ ޒަމާނީ ޓެކްނޮލަޖީ އަކީ މިލެސަނަށް ދަރިވަރުން އިނޓަރެސްޓްވާނެ
ކަމައްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެއްއުސްތާޒު ފާހަގަކުރެވި
މައިގަނޑުގައި ވަގުތު ކުޑަކޮށް މަދުކަމަށް ފާހަގަކުރެވޭކަމާއި މައިގަނޑުގައި
ހަރަކާތްތަށް ގިނަކަންވެސް ފާހަގަކުރެވުނެވެ.
އުސްތާޒު ފާހަގަކޮށްފައިވާ އަނެއްކަމަކީ
ފަހުގެ ލެސަން ޕްލޭން ކިޔަވައިދޭ ފަސޭހަވަނެކަމާ،ކުދީން ޝައުގުވެރި ގޮތެއްގައި
ޓީޗަރުގެ ކިޔަވައިދިނުން ބަލައިގަންނާނެކަމެވެ. ކަންކަމުގައި ގޮތްކިޔުމާއި
،ފާޑުކިޔުމާއި ،އެހެންމީހުންގެ ޚިޔާލުތަކަށް އިޚްތިރާމުކުރުމާއި މިފަދަ ކަންކަން
ދަރިވަރުންގެ ކިބާގައި އަށަގަންނާނެކަމަށެވެ.
އުސްތާޒުގެ ފާހަގަކުރެއްވި ކަންކަމާ
މެދު އަޅުގަނޑު ދެކޭގޮތް
އުސްތާޒުން މައިގަޑުގޮތެއްގައި
ދެއްވާފައިވާ ކޮމެންޓް ތަކަށް އަޅުގަނޑު އެއްބަސްވެ އިޚްތިރާމްކުރަމެވެ. އަޅުގަނޑު
ލެސަން ޕްލޭނު ތައްޔާރުކުރުމުގައި މައިގަނޑު ވިސްނުން ގެންގުޅުނު ގޮތުގެ
ޚުލާޞާއެއް ތިރީގައި އެވަނީއެވެ.
މައިގަޑު ގޮތެއްގައި
ފާހަގަކުރައްވާފައިވަނީ ،ލެސަން ޕްލޭނުގެ މަޤުޞަދާއި ، މައިގަނޑު ހަރަކާތްތަކާއި،
ގަޑިއަށް ފެއްތުމުގެ ވާހަކަތަކެވެ. މައިގަނޑު ގޮތެއްގައި ކުރީގެ ލެސަން ޕްލޭނަށް
ވަރަށް ރަނގަޅަށް އުނިކަންކަން ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔާފައިވެއެވެ.
އެހެންނަމަވެސް ފަހުގެ ލެސަންޕްލޭނަށް ފާޑުކިޔުމުގައި ބޮޑަށް ގެންގުޅެފައި ހުރީ
ޕޮޒިޓިވް ކަންކަމެވެ. ހަމަ އެކަނި ފާހަގަކުރައްވާފައިވަނީ ވަގުތައްފެއްތުމުގެ
ވާހަކައެވެ. އެއީވެސް އެއް އުސްތާޒު މިގޮތުން ފާހަގަކުރެވި ކަންކަމަކީ ފިލާވަޅުގެ ބައެއް ބައިތަކަށް ލެސަންޕްލޭންގައި ވަގުތު ބަޔާންކުރެވިފައި ނެތުމުގެ އިތުރުން، ފިލާވަޅުގެ
މައިގަނޑަށް ކަނޑައެޅިފައިވާ ވަގުތު ކުޑަކަމަށް ފާހަގަ ކުރެވެއެވެ. އަދި
ފިލާވަޅުގެ ނިންމުމުގައި ގެންދަން ރޭވިފައިވާ މަސައްކަތާ އަޅާބަލާއިރު ދެވިފައިވާ
ވަގުތު ކުޑަކަމަށް ފާހަގަ ކުރެވެއެވެ. އަޅުގަނޑު ދެކޭގޮތުގައި ވަގުތައް ފެއްތުން
ބިނާވެފައި އޮންނާނީ އެޓީޗަރެއްގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ،
އަޅުގަނޑުމެންނަށް ފެނިގެން ގޮސްވޭ ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަރަށް
ގިނަ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދޭތަން އަދި އަޅުގަނޑުމެންނަށް ފެނޭ
ވަރަށް ގިނަވަގުތު ހޭދަކޮށްގެން ވަރަށް މަދު މަޢުލޫމާތު ދަރިވަރުންނަށް ދެވޭތަން
މިދެގޮތަކީވެސް ވަގުތުގެ ބޭނުން ހިފަމުންދާގޮތްތަކެވެ. ވަގުތު ހެޔޮގޮތުގައި
ބޭނުންކުރުން ނުވަތަ ވަގުތު މެނޭޖްކުރުމުގެ ޢިލްމަކީ މިއަދު ދުނިޔޭގައި ހުރިހާ
އެންމެންވެސް އެކަމާމެދު ވާހަކަ ދައްކައި އިސްކަންދޭ ކަމެކެވެ. އިންސާނާގެ
އަތުގައި ކިތަންމެ މުދަލެއް ހުރި ކަމުގައި ވިއަސް ވަގުތަށް ގަދަރު ކުރަން ނޭގޭނަމަ
އެމީހާ ކާމިޔާބު މީހަކަށް ނުވެއެވެ. ކާމިޔާބުގެ ދަނޑިވަޅު ތަކަކީ އިރުއިރު ކޮޅުން
އަންނަ އެއްޗެއް ނޫނެވެ. އަދި އެ ދަނޑިވަޅުތައް ހިމެނޭ އެވަގުތު އަންނަނީ ކުރިން
އެކަން އިޢުލާނު ކޮށްފައެއްވެސް ނޫނެވެ. ކޮންމެ މީހެއްގެ ގާތަށްވެސް
މިދެންނެވިފަދަ ވަގުތުތައް އާދެއެވެ. ނަމަވެސް ވަގުތަށް ސަމާލުވެ ވަގުތަށް
ކަމޭހިތުމުގެ އަޚްލާޤު ނެތުމުން ގިނަ މީހުންނަށް އެ ވަގުތުތަކުގެ ފައިދާއެއް
ނުހޯދެއެވެ. ވަގުތު ބޭކާރުކުރާ ކުރުމަކީ އެންމެ ކަންބޮޑުވާންޖެހޭ އެއް ކަންތަކެވެ.
ކޮންކުލޫޝަން ނިންމުން
..................................
ރެފަރެންސް ލިސްޓް (ހަވާލާދިނުން)
އާމިނަތު ސާފިޔާ އާދަމް.(2011 ).އިންސްޓްރަކްޝަނަލް
ސައިކޮލޮޖީ( ސްޓަޑީ ގައިޑް ). މާލެ، ދިވެހިރާއްޖެ.ސެންޓަރ ފޮރ އޯޕަން
ލާރނިންގ.
އަޢިޝަތު ޒައީމާ (2010). ކަރިކިއުލަމް
ސްޓަޑީޒް( ސްޓަޑީ ގައިޑް ). މާލެ، ދިވެހިރާއްޖެ.ސެންޓަރ ފޮރ އޯޕަން ލާރނިންގ.
ކަރިކިއުލަމް ސްޓަޑީޒ(CST101)
ސްޓަޑީގައިޑް، ސެންޓަރ ފޮރ އޯޕަން ލަރނިންގ 2011 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ހޭންޑް ބުކް ފޮރ ބިގިނިންގ ޓީޗަރޒް. ސައުތް މެލްބަން: ލޯންގްމަން (1996) ސޯސް: މާރޝް، ސީ.ޖޭ. Source: Marsh, C.J.
(1996). Handbook for Beginning Teachers.
South Melbourne: Longman
: ކްލާސްރޫމް ސްޓްރެޓަޖީޒް ފޮރ ދަ
ބިގިނިންގ ޓީޗަރ. ތައުސަންޑް އޯކްސް،
ކެލިފޯރނިޔާ: ކޯރވިން101(. ޓީޗިންގ
2004ސޯސް: ގްލޭންޒް، ޖޭ. ) ޕްރެސް
Source: Glanz, J. (2004). Teaching
101: Classroom Strategies for the Beginning Teacher. Thousand Oaks, California:
Corwin Press
No comments:
Post a Comment