އޭލެވެލްގެ ދުނިޔޭގެ ގަދަ 10ގެ އެއްވަނަ ދިވެހި 11 ދަރިވަރަކަށް
ޚަބަރު ހަވީރު ނޫސް
މިދިޔަ އަހަރު ބޭއްވި އެޑެކްސެލް
އޭލެވެލް އިމްތިހާނުގައި އެކައުންޓުން 100 ޕަސެންޓް މާކްސް ހޯދައިގެން 11
ދަރިވަރަކު ދުނިޔޭގެ ގަދަ 10ގެ އެއް ވަނައިގައި ހިމެނިއްޖެ އެވެ
.
އޭލެވެލްގެ
ގަދަ 10 އިއުލާނު ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި
އެއް ވަނަ ހާސިލްކޮށްގެން އިނާމު ހޯދާފައިވަނީ ސީއެޗްއެސްއީގެ ދަރިވަރު،
މއ. ރަތްމާ، އައިމިނަތު އަމާން ނިޒާރާއި ހ. އީސްޓްލައިޓް މައުވާ
އިބްރާހިމާއި އއ. ބޮޑުފުޅަދޫ ނޫވިލާގޭ އައިޝަތު ނިއުޒާ އާއި ރަފްޝަންގޭ
މުހައްމަދު އިޝާން އަހުމަދާއި ލ. ކުނަހަންދޫ ރޯޒްވިލާ މުހައްމަދު ފާތިހު
އެވެ. އަދި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ދަރިވަރު، ހއ. ކެލާ
ޝަބްނަމްގޭ ޖޫޒާން ހަލީލް އާއި ހއ. މާރަންދޫ ގުލްޝަން ބަހާރު، ހަސަން
މުހައްމަދާއި ތ. ވިލުފުށީ ހަވީރީގޭ ހައްމާދު ސުލައިމާނާއި ވ. ކެޔޮދޫ
ވެނީލާގޭ ނާއިޝް މުހައްމަދު ނައީމާއި ކ. މާފުށީ، ޖާމަނީގޭ އައިމިނަތު
އީނާޝް އެވެ. އޭގެ އިތުރުން ފ. ބިލެތްދޫ ސްކޫލުގެ ދަރިވަރެއް ކަމަށްވާ
ހަސަން ނިޒާމް ވެސް ވަނީ އެއް ވަނަ ހާސިލް ކޮށްފަ އެވެ.
"ފުރަތަމަ އުއްމީދެއް ނުކުރަން މި ފަދަ ވަނައެއް ލިބޭނެ ކަމަކަށް، އެކަމަކު ގްރޭޑް 11ގައި އެންމެ ފުރަތަމަ ހެދި ޕޭޕަރުން 100 ޕަސެންޓް ލިބުނީމަ، ވަރަށް މަސައްކަތް ކުރިން މި އިމްތިހާނުން ވެސް އެވަރަށް މާކްސް ހޯދޭތޯ،" އެކައުންޓުން ފުލް މާކްސް ހޯދައިގެން ދުނިޔޭގެ އެއްވަނަ ހާސިލް ކުރި ޖޫޒާން ހަލީލް "ހަވީރަށް" ބުންޏެވެ.
ގަދަ 10ގެ އަށް ވަނައިގައި ވެސް ހިމެނުނު ޖޫޒާން ބުނި ގޮތުގައި އެހެން މާއްދާތަކުން ވެސް މަތީ މާކްސް ހޯދުމަށް އޭނާ ވަރަށް މަސައްކަތް ކުރި އެވެ.
މި ދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
"ފުރަތަމަ އުއްމީދެއް ނުކުރަން މި ފަދަ ވަނައެއް ލިބޭނެ ކަމަކަށް، އެކަމަކު ގްރޭޑް 11ގައި އެންމެ ފުރަތަމަ ހެދި ޕޭޕަރުން 100 ޕަސެންޓް ލިބުނީމަ، ވަރަށް މަސައްކަތް ކުރިން މި އިމްތިހާނުން ވެސް އެވަރަށް މާކްސް ހޯދޭތޯ،" އެކައުންޓުން ފުލް މާކްސް ހޯދައިގެން ދުނިޔޭގެ އެއްވަނަ ހާސިލް ކުރި ޖޫޒާން ހަލީލް "ހަވީރަށް" ބުންޏެވެ.
ގަދަ 10ގެ އަށް ވަނައިގައި ވެސް ހިމެނުނު ޖޫޒާން ބުނި ގޮތުގައި އެހެން މާއްދާތަކުން ވެސް މަތީ މާކްސް ހޯދުމަށް އޭނާ ވަރަށް މަސައްކަތް ކުރި އެވެ.
މި ދަރިވަރުންނަށް އިނާމު ހަވާލުކޮށް ދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.
އޭލެވެލްގެ ގަދަ 10 ގައި ހިމެނުނު ދަރިވަރަކަށް ނައިބު ރައީސް ޖަމީލު އިނާމު ހަވާލު ކުރައްވަނީ -- ހަވީރު ފޮޓޯ: ނިޝާން އަލީ
މި ދަރިވަރުންގެ އިތުރުން، އެކި މާއްދާތަކުން ފާހަގަ ކޮށްލެވޭ ނަތީޖާ ހޯދައިގެން 16 ދަރިވަރަކު ވަނީ ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. އަދި ގިނަ ދަރިވަރުންތަކެއް ވަނީ ވަކިވަކި މާއްދާތަކުން ރާއްޖޭން އެއްވަނަ ހޯދައިގެން އިނާމު ހާސިލް ކޮށްފަ އެވެ.
ރާއްޖޭގެ އެކި ސްކޫލުތަކުން 1،800 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި މި އިމްތިހާނުގައި 23 ދަރިވަރަކު ވަނީ އޭލެވެލްގެ ގަދަ ދިހައެއްގެ އެއްވަނަ ހޯދާފަ އެވެ. އަދި ގަދަ ދިހައެއްގައި ޖުމްލަ ހިމެނިފައިވަނީ 14 ސްކޫލެއްގެ 175 ދަރިވަރުންނެވެ. މީގެ ތެރޭގައި ރަށްރަށުގެ ސްކޫލުތަކުގެ 38 ދަރިވަރުން ހިމެނެ އެވެ.
"އެއް ވަނައިގައި ހިމެނުނީމަ ފުރަތަމަ ވެސް ﷲއަށް ހަމްދު އަދާކުރަން. ވަރަށް އުފާވެފައި މި ހިރީ.
މިފަދަ ނަތީޖާއެއް ހޯދިދާނެ ކަން އަޅުގަނޑަށް އެނގުނީ އެގާރައިގައި ކިޔަވަމުން ދަނިކޮށް ވަކި ހިސާބަކުން. އެހާ ހިސާބުން ހަމަ އެއް ވަނަ އަށް ޓާގެޓްކޮށްގެން މަސައްކަތް ކުރީ،"
ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން އޯލެވެލް ނިންމުމަށް ފަހު، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭލެވެލް ހެދި އަންސާނާ އާދަމް ބުންޏެވެ.
އޭލެވެލްގެ ގަދަ 10ގައި ހިމެނުނު ބައެއް ދަރިވަރުން އިނާމާއެކު ސްޓޭޖްމަތީގައި-- ހަވީރު ފޮޓޯ: ނިޝާން އަލީ
އޭލެވެލް އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ފާސް ހޯދައިގެން، އެއްވަނަ ހޯދި ދަރިވަރުންނަށް، މަތީ ތައުލީމް ހާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކޮލަޝިޕް ދެއްވާފަ އެވެ.
އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ދެ ވަނަައިގައި 45 ދަރިވަރުން ހިމެނިފައިވާއިރު ތިން ވަނައިގައި ހިމެނެނީ އަށް ދަރިވަރުންނެވެ. އަދި ހަތަރު ވަނައިގައި 18 ދަރިވަރުން ހިމެނޭއިރު ފަސް ވަނަ 13 ދަރިވަރަކު ހޯދާފައި ވެ އެވެ.
މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ޖުމްލަ ނަތީޖާ އަށް ބަލާއިރު ގިނަ މާއްދާތަކުން 2013 ވަނަ އަހަރަށް ވުރެ ރަނގަޅެވެ. އެގޮތުން ބަޔޮލޮޖީ އާއި އިކޮނޮމިކްސް ނޫން އެހެން ހުރިހާ މާއްދާއަކުންހެން ފާސްވި ޕަސެންޓޭޖް ވަނީ މަތިވެފަ އެވެ. އަދި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 78 ޕަސެންޓް ކުދިން އީ ގްރޭޑަށް ވުރެ މަތި ހޯދާފައިވާއިރު ޔޫ ގްރޭޑް ލިބުނު ނިސްބަތް ވެސް ވަނީ 24 ޕަސެންޓުން 21 ޕަސެންޓަށް ދަށްވެފަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރަކީ އޭލެވެލް އިމްތިހާނުގައި ވަރަށް ކާމިޔާބު އަހަރެކެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ކާމިޔާބީ އަހަރުން އަހަރަށް މަތި ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ދަރިވަރުން ހޯދި މި މަތީ ކާމިޔާބީ އަކީ ވެސް ތައުލީމު ކުރިއެރުވުމަށް އަޅުގަނޑުމެން ކުރި މަސައްކަތުގެ ނަތީޖާ،" ދަރިވަރުންނާ މުހާތަބު ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިޔެވުން ނިންމުމަށް ފަހު ވަޒީފާގެ މާހައުލަށް ނިކުމެފައި ވެސް އެ ކުއްޖަކު އުފާވާ، ކުރާހިތްވާ މަސައްކަތެއް ހިޔާރުކުރުން މުހިއްމު ކަމަށެވެ. އަދި އެ ކުރާ މަސައްކަތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ނުކުރެވުނު ނަމަވެސް ހިއްވަރު އެލުވައި ނުލައި، އެ މަސައްކަތެއް ކުރިއަށް ގެންދިޔުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
އިމްތިހާނުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމުތައް ބައްސަވައިދެއްވީ ސަރުކާރުގެ އެކި މިނިސްޓަރުންނާއި އިސް ވެރިންނެވެ
v rangaLhu
ReplyDelete