Tuesday, March 31, 2015

ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުން އަދި އުނގަންނައިދިނުމުގައި ބެލެވޭ ބައެއްކަންކަން
އުނގެނުމާއި  ،އުގަންނައި  ، ދިނުމުގައި  މުދައްރިސައް  އިސްކަންދޭ ( ޓީޗާރސެންޓާރޑް) ކިޔަވައިދިނުމަށްވުރެ ދަރިވަރަށް އިސްކަންދޭ (ޗައިލްޑް ސެންޓާރޑު) ކިޔަވައިދިނުމުގައި ރަނގަޅުކަމަށް ގަބޫލުކުރެވެނީ ކޮން ހާލަތެއްގައި ކިހާމިންވަރަކަށް ކަމަށާއި، ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައިދިނުން ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި، މުދައްރިސުން ކުދީންގެ ތަފާތުކަން (ޑައިވާރސިޓީ) ބަލައިގަންނަންވާނެ އަދި ހުރިހާކުދިންގެ ކިބައިންވެސް މަތިވެރި އުންމީދުތަކެއް ( ހައި އެކްސްޕެކްޓޭޝަން) މިއިބާރާތުގެ ސައްޚަކަން ބަޔާންކޮށްދޭށާއި، ދަރިވަރުގެ އުނގެނުމަށް އަސަރުފޯރުވާގޮތްތަކުގެ ތެރެއިން މުދައްރިސުގެ ތައްޔާރުވުމާއި އިންތިޒާމުތައް، ކުލާހުގައި ދަރިވަރުންނާ ކުރެވޭ މުޢާމަލާތް، ދަރިވަރުންނާ އޮންނަގުޅުން، ސާފުކޮށް އޮޅުންފިލާނެހެން ބުނެދިނުން މިކަންކަމުގެ މައްޗަށެވެ.

1.                ދަރިވަރުންގެ އުނގެނުން ކުރި އެރުވުމުގައި މުދައްރިސައް އިސްކަންދޭ (ޓީޗަރ ސެންޓާޑް) ކިޔަވައި ދިނުމަށްވުރެ ދަރިވަރަށް އިސްކަންދޭ ( ސްޓޫޑެންޓް ސެންޓާރޑު) ކިޔަވައިދިނުން ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި ރަނގަޅުކަމަށް ޤަބޫލުކުރެވެނީ ކޮންހާލަތެއްގައި ކިހާވަރަކަށް؟

        ސްޓޫޑެންޓް ސެންޓާރޑު ނުވަތަ " ކުދިންނާއި ރައްޓެހި" މިބަސް ނެގިފައިވާ ގޮތަށްބަލާއިއިރު މިއީ " ޗައިލްޑް ފުރެންޑްލީ" ނުވަތަ " ޗައިލްޑް ސެންޓަރޑް" ތަރުޖަމާ ކޮށްގެން ނެގިފައިވާ ނުވަތަ، ދެވިފައިވާ ނަމެއްކަމަށް ބެލެވެއެވެ. ރާއްޖޭގެ ސްކޫލުތަކުގައި " ޗައިލްޑް ފުރެންޑްލީ" ޕައިލެޓް ޕްރޮޖެކްޓްތައް ފެށިފައިވަނީ 2001 ހިސާބުގައެވެ. އަމަލީގޮތުން ގިނަ ސްކޫލުތަކެއްގައި ޗައިލްޑް ފުރެންޑްލީ މެތެޑަށް ކިޔަވައިދިނުން ފެށިފައިވަނީ 2005 ވަނަ އަހަރު ހިސާބުގައިކަން އެން.އައި.އީ ގެ ފަރާތްތަކުން ލިބުނު މަޢުލޫމާތުން އެނގެއެވެ. ކުދިންނާއި ރައްޓެހި ސްކޫލެއްނަމަ ފުރިހަމަވާން ޖެހޭ މައިގަނޑު ފަސް އަސާސެއްވެއެވެ. އެ  އަސާސްތަކަކީ  ފެންވަރު ރަނގަޅު ތައުލީމެއް ދިނުން، ބެލެނިވެރިންނާއި މުޖުތަމަޢުގެ ބައިވެރިވުން ފުރިހަމައަށް ލިބޭ ސްކޫލެއް ކަމުގައިވުން، ދުޅަހެޔޮ ރައްކާތެރި މާހައުލަކަށްވުން، ޖިންސީ ހަމަހަމަކަން އޮންނަ ތަނަކަށް ސްކޫލުގެ މާހައުލުވުން ،ހުރިހާކުދިންނަށް ހަމަހަމަ ތައުލީމުދެވޭ ތަނަކަށް ވުން މިހާރުގެ ބަހުރުވައިން ދަންނަވާނަމަ "ބަރާބަރު ސްކޫލް"އެއްކަމުގައިވުން ހިމެނެއެވެ.
        އަޅުގަނޑު ކުރި ދިރާސާގެ އަލީގައި އަދި އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދަންނަވަން ޖެހެނީ ސްޓޫޑެންޓް ސެންޓާރޑު ނުވަތަ " ކުދިންނާއި ރައްޓެހި" ގޮތަށް ކިޔަވައި ދިނުމަކީ ދަރިވަރުންނަށް ފަހި ފުރުސަތުތަކެއްދީގެން އެދަރިވަރުން ހާސިލްކުރަން ބޭނުންވާ މަޤްޞަދު ޙާސިލްވާނެފަދަ ގޮތެއްގައި، ދަރިވަރުންގެ ޠަބީޢަތާއި، ފިތުރަތާއި، ޚިޔާލާ،ފިކުރު އެންމެ މަތީ ދަރަޖައަކަށް ބޭނުން ހިފޭނެ ގޮތައް، އެހެން ފަރާތްކުގެ ޝައުޤަށްވުރެ ބޮޑަށް ދަރިވަރުގެ ޝައުޤަށް އިސްކަންދީގެން، ދަރިވަރުގެ އުނގެނުމުގެ ދައުރު ބޮޑުވާނެހެން ،އުނގެނުމުގެ ފުރުޞަތު ފަހިކޮށްދޭ ދިނުމެވެ. ދަރިވަރުން  ބޭނުންވާގޮތަށް އޭނާގެ ޝައުޤުވެރިކަން ހުރި ދިމަދިމާ ބަލައިގެން  ސިލަބަހުގެ ތެރެއިން އިޚްތިޔާރުކުރުމުގެ ފުރުސަތުދިނުމަކީ  ކިޔެވުމުގެ މަގުޞަދު ހާސިލްވެ ދަރިވަރުގެ ސިކުނޑި ހުޅުވާލުމަށް ދެވޭ ރަނުގެ ފުރުޞަތެކެވެ. މިކަމުގެ ސަބަބުން އެތަކެއް ފައިދާތަކެއް ދަރިވަރުންނަށް ލިބިގެން ދެއެވެ.އެގޮތުން މަޢުލޫމާތު އެއްކުރުމާ ،މަޢުލޫމާތު ބައިބަޔަށް އެޅުމާއި،ކަންކަމާއިމެދު ޚިޔާލާ ފިކުރުކުރުމާއި ،އެކަކު އަނެކަކަށް އިޙްތިރާމާއި ޤަދަރުކުރުމުގެ ހަރުދަނާ ސިފަ ކުދީންގެ ކިބައިގައި އަށަގަތުމާއި، ތަފާތު މައްސަލަ ހައްލުކުރުމާއި ،ކުދިކުދި ދިރާސާ ހެދުމާއި ،އުފެއްދުންތެރި ޚިޔާލު އުފެދުމުގެ ޤާބިލްކަން ދަރިވަރުންނަށް ލިބިގެން ދެއެވެ.
          ސްޓޫޑެންޓް ސެންޓާރޑު ނުވަތަ  ކުދިންނާއި ރައްޓެހި ކިޔަވައިދޭން ފެށި ދުވަސްވަރު ބައެއް އިސްލާމް މުދައްރިސުން ޝަކުވާކުރި އެގޮތަށް އިސްލާމް މިމާއްދާ ކިޔަވައި ދިނުމަކީ އެހާ ކާމިޔާބު ގޮތެއް ނޫންކަމަށް އެހެންވެ އަޅުގަޑު ރިސާޗު ސުވާލުގައި މިބައި ހިމެނުމުން ލިބުނު ޖަވާބަކީ ވަރަށް ޕޮޒިޓިވް ޖަވާބެކެވެ. ހުރިހާ ބޭފުޅުންހެން ދެކިލައްވަނީ މި މެތަޑާކީ އިސްލާމް މާއްދާއަށްވެސް އެންމެ އެކަށީގެންވާ އެއް މެތަޑް ކަމުގައެވެ. ދަރިވަރުންނަށް ދީނާބެހޭ މަޢުލޫމާތުތައް އަމިއްލައަށް ހޯދުމުގެ ހުނަރު ލިބުމުން ދިމާވާ ކަންކަމާ ގުޅިގެން އުފެދޭ ސުވާލުތަކަށް އަމިއްލަ މަސައްކަތުން ،އިތުބާރު ހުރި މަސްދަރުތަކުން އިތުބާރު ހިފޭ މަޢުލޫމާތުގެ އެހީގައި ހައްލުހޯދުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ. ހަމައެހެންމެ ދަރިވަރުގެ ހިތުގައި އުފެދިދާނެ ސުވާލުތަކަށް ޞައްޙަ އެކަށީގެންވާ ޖަވާބެއް ހޯދޭނެ  ގޮތްތަކާ ،އިސްލާމީ ޢިލްމުގެ މުޙިއްމު ބައިތައް ކަމައްވާ ފިޤްޙާއި ތަފްސީރާއި ،ސީރަތު ފަދަ ބައިތައް ކިޔަވައިދިނުމުގައި އެންމެ ފައިދާ ބޮޑު ގޮތަކީވެސް މި މެތަޑުގެ ބޭނުންކޮށްގެން ކިޔަވައިދިނުންކަމުގައެވެ.
ކުލާސްރޫމުގައި ކިޔަވައިދިނުމަށް ތިއްބަވާ  ޓީޗަރުން، އެމީހުންނަށް ފެންނަ، އެމީހުންނަށް ފަސޭހަ ސްޓްރެޓެޖީތަކެއް އިޚްތިޔާރު ކުރިކަމުގައިވީނަމަވެސް،ޤައުމީ  މަންހަޖު ތަރައްޤީކުރާ އެންމެހައި ފަރާތްތަކުން، އެފަރާތްތަކަށް އެންމެ ރަނގަޅު ސްޓްރެޓެޖީތަކެއް ކަނޑައަޅައި، ކިޔަވއިދެއްވާ އެންމެހައި ޓީޗަރުންނަށް   ސްޓްރެޓެޖީތައް ބޭނުންކުރުމަށް ބާރުއެޅުމަކީ މުހިންމުކަމެކެވެ.ރާއްޖޭގެ ސްކޫލުތަކުގެ މަތީގްރޭޑްތަކުގައި ޗައިލްޑް ސެންޓާޑު މެތަޑަށް ކިޔަވައިދިނުމުގެ ސްޓްރެޓެޖީ ތަންފީޒުކުރުމަށްޓަކައި ޓީޗަރުންގެ މެދުގައި އެދެވޭ ގޮތެއްގައި އިތުބާރު އުފެއްދުމަށް ތަފާތު ޕްރޮގްރާމްތަށް ހިންގަން ޖެހެއެވެ. ގިނަ އަދަދެއްގެ ޓީޗަރުން މި ސްޓްރެޓެޖީއަށް އަހުލްވެރި ކުރުމާއި، ހޭލުންތެރިކުރުމަށްޓަކައި  މަޢުލޫމާތުގެ ސެޝަންތަށް ނަގަން ޖެހެއެވެ.  އެއީ، އުނގަންނައިދޭން ބޭނުންވާކަމެއް ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ފޯރުކޮށްދެވޭނީ، ސީދާ ވަކި ސްޓްރެޓެޖީ އަކުންކަމަށް މުދައްރިސުންނަށް  ޤަބޫލުކުރެވޭނަމަ މުދައްރިސުން އެކަންކަން ކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރާނެކަމެވެ. ކިޔަވައިދިނުމުގައި ބޭނުންކުރާނެ ސްޓްރެޓެޖީއެއް އިޚްތިޔާރުކުރުމަކީ، ސީދާ ޓީޗަރުގެ ހައްޤެއްގެ ގޮތުގައި ބޭއްވުމަކީ ވަރަށް މުހިއްމު ކަމެކެވެ.އެއީ، ކްލާހުގައި ތިބި ކުދިންގެ ޙާލަތާއި، އެކުދިންގެ ވިސްނުމާއި، އެނޫންވެސް ކަންކަން ވަގުތުން ވަގުތަށް ރަނގަޅަށް އެނގޭނެ ފަރާތަކީ ކިޔަވައިދޭ ޓީޗަރެވެ. އެހެންކަމުން އެފަދަ ފުރުޞަތު އިހުތިޔާރުކުރުން ޓީޗަރަށް ފުރިހަމަ ބާރުވެރިކަމާއިއެކު ދޫކޮށްފައި ބޭއްވުމަކީ ދަރިވަރުންގެ އުނގެނުމަށް ފަހިވާނެ ކަމެކެވެ.
ދަރިވަރުންގެ އުނގެނުން ކުރި އެރުވުމުގައި މުދައްރިސައް އިސްކަންދޭ (ޓީޗަރ ސެންޓާޑް) ކިޔަވައި ދިނުމަށްވުރެ ދަރިވަރަށް އިސްކަންދޭ ( ސްޓޫޑެންޓް ސެންޓާރޑު) ކިޔަވައިދިނުން ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި ރަނގަޅުކަމަށް ޤަބޫލުކުރެވެނީ މަތީގައި ދެންނެވުނު ހާލަތްތަކަށް ދަރިވަރުންގެ އެސެސްކުރުމާއި،ސްކޫލުތަށް ތަޢުލީމީގޮތުން  މިންކުރުންވެސް ބަދަލްކުރެވިގެންނެވެ.

2.     ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައިދިނުން ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެކަންކަން
ޗައިލްޑް ސެންޓާރޑު ޓީޗިން  މަތީ ގްރޭޑުތަކުގައި ބައެއް ޓޮޕިކްތަކުގައި ގެންދިއުމަކަށް ޓީޗަރުން އެންމެ ބޭނުންވާކަމެއްގެ ގޮތުގައި ނުދެކެއެވެ. މިގޮތުން ބައެއް ތިޔަރީ ތަކާއި އެކްސްޕޮލެނޭޝަން ހިމެނޭ ފިލާވަޅުތަކުގައި މި މެތެޑް ބޭނުން ކުރުން  ބައެއް ޓީޗަރުންގެ ނަޒަރުގައި އެންމެ އެކަށީގެން ނުވާކަމަށް ބުނެފައި ވާކަން އަޅުގަނޑު ފާހަގަ ކުރަމެވެ.އަދި އެއީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއިންނާ،ބައެއްޓީޗަރުން ބުނާބުނުންތަކުގެ މައްޗައްބިނާކޮށްދެންނެވި ދެންނެވުމެކެވެ.  ބައެއް ބޭފުޅުން ދެކޭގޮތުގައި މިފަދަ ހާލަތުގައި ޗައިލްޑް ސެންޓާރޑަށްވުރެއް ޓީޗަރ ސެންޓާރޑު ލާނިން މާ އެފެކްޓިވް ކަމަށް ޤަބޫލުކުރައްވައެވެ. ބައެއް ޓީޗަރުންގެ ނަޒަރުގައި  ގްރޭޑް 8 ،9 ،10 ގެ ދަރިވަރުންނަށް ކިޔަވައި ދެއްވާ އިރު ޗައިލްޑް ސެންޓާރޑް ޓީޗިން ގެންދިއުމަށް ދެކޮޅުހަދާ ހާލަތް ތަކަކީ އެފަދަ މެތަޑަކަށް ގެންދާނެ ވަގުތު ނުލިބުމާއި ،ސިލަބަސް ކަވަރު ނުކުރެވުމާއި ،ޓެސްޓަށް ތައްޔާރުވުމަށް ބޭނުންވާ ވަގުތު މަދުވެގެންދާނެކަމެވެ. އަޅުގަނޑަށް ފާހަގަކުރެވުނީ ޓެސްޓާމެދު ގިނަ ޓީޗަރުންވެސް ކަންބޮޑުވާކަންފާހަގަކުރެވުނެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ސްކޫލް މިންކުރެވެނީ ހަމައެކަނި އޯލެވެލް ނަތީޖާއިން ކަމުން، ގިނަޓީޗަރުން މިމެތެޑް ބޭނުންކުރުމުގައި ފަސްޖެހުމެއްވާކަން ފާހަގަވެއެވެ. މިމެތެޑް ޓީޗިން ގެންދަން ފަސްޖެހޭ އަނެއްސަބަބަކީ ބައެއް ބޭފުޅުންގެ ނަޒަރުގައި ޓީޗަރު ހަމައެކަނި ގައިޑްކޮށްދޭ މީހެއްގޮތުގައި ކުލާހައްވަދެއްޖެނަމަ ދެކެނީ އެޓީޗަރަކީ އެއްވެސް އެއްޗެއް ނުދަންނަ ޓީޗަރެއްގޮތުގައި އެކަމާ މިދެންނެވި ފަރާތްތަކުން ހިތްހަމަ ނުޖިހޭ ނުޖެހުންވެސް ޗައިލްތް ސެންޓާރޑު ޓީޗިން ގެންދިއުމަށް ހުރަހަކަށް ވާކަން އަޅުގަނޑަށް ފާހަގަކުރެވުނު. އިތުރަށް ފާހަގަކުރެވުނު ބައެއްކަންކަމަކީ ޚަރަދުގެ ގޮތުން ގިނަ ސުކޫލުތަކުގައި މި މެތެޑް ބޭނުން ކުރުމަށް ދެކޮޅުހަދާ ހެދުމާއި ،ޓީޗަރުންގެ ތެރެއިން މެޖޯރިޓީ ބޭފުޅުންނަކީ މިފަދަ މެތަޑަށް ކިޔަވައިދިނުމަށް އެކަށީގެންވާ ތަމްރީނެއް ދެވިފައިވާ ފަރާތްތަކެއް ކަމުގައި ނުވުމާއި، ގިނަ ބައެއްގެ އެޓިޓިއުޑު ބަދަލް ނުވާނުވުމެވެ.ދަރިވަރުންގެ ނަތީޖާ ދަށްވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކިޔަވާދިނުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާ ނުދިނުމާއި ،ދަރިވަރު ފިލާވަޅަށް ސަމާލުކަން އިތުރު ނުކޮށް ޝައުގުވެރިވާނެ ގޮތްތައް ބޭނުން ނުކޮށް ކިޔަވާދިނުން ފާހަގަކުރެއެވެ.
ކުލާސްރޫމުގައި ދިމާވާނެ ބައެއް ގޮންޖެހުންތަކަށް ބަލާއިރު ތަފާތު ފެންވަރުގެ ކުދިންނާ އެއްކުލާހަކުން ކުރިމަތިލާންޖެހެއެވެ. އޭގެތެރޭގައި މޮޅުކުދިން (ތޫނުފިލިކުދިން)، އެވްރެޖު ކުދިން އަދި ކިޔެވުމަށް ދަށް ކުދިން އަދި ހާއްޞަ އެހީއަށްބޭނުންވާކުދީން އެހެންކަމަށްވުމާއެކު އުނގެނުމުގެ މާހައުލުގައި ކުދިންނަށް އުނގެނުމުގައި ދަތިތަކާ ކުރިމަތިލާންޖެހެއެވެ.  އެއްކުލާހެއްގައި ތަފާތު ފެންވަރުގެ ކުދިންނަށް ކިޔވައިދިނުމުގައި ޓީޗަރު ވަރަށް ބޮޑަށް ތައްޔާރު ވާންޖެހެއެވެ. އެގޮތުން އެންމެ ބޮޑަށް ސަމާލުކަމެއްދޭންޖެހެނީ ތަފާތު ފެންވަރުގެ ކުދިންނަށް ތަފާތު ފެންވަރުގެ މަސައްކަތް ރާވާލުމަށެވެ. މިކަން މިގޮތަށް ނުކުރެވިއްޖެނަމަ، އާދަޔާޚިލާފަށް ތޫނުފިލި ކުދިން މަސައްކަތްތައް މާއަވަހަށް ނިންމާލައެވެ. ހަމައެހެންމެ ދަށްކުދިންނަށް ދެވޭ ސަމާލުކަން ކުޑަވެއްޖެނަމަ، ފިލާވަޅުން އެއްވެސް މިންވަރެއް އެކުދިންނަށް ޙާޞިލުނުވެ ދިޔުމަކީ އެކަށީގެންވާކަމެކެވެ.އަދި ޚާޞައެހީއަށް ބޭނުންވާ ދަރިވަރުވެސް ލެސަންގެ ތެރޭގައި ބައިވެރިކުރެވޭނެ ނިޒާމެއް ކަނޑައެޅިފައި އޮންނަންޖެހެއެވެ.  ތަފާތު ފެންވަރުގެ ކުދިން ތިބޭ ކްލާހަކަށް ފިލާވަޅު ރާވާލުމުގައި ތޫނުފިލި ކުދިންގެ އެހީތެރިކަން ލިބޭގޮތަށް ގުރޫޕް މަސައްކަތެއްގެ ގޮތުގައި ރާވާލުމަކީ ތަފާތު ފެންވަރުގެ ކުދިންނަށް އުނގެނުމުގައި ދިމާވާ ދަތިތައް ހައްލުކުރެވިދާނެކަމެކެވެ. އަދި އާދަޔާ ޚިލާފަށް މޮޅުކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ބޭނުން ހިފިދާނެ ކަމެކެވެ.
            ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކިޔަވާދިމުގެ ދާއިރާއަށް ލިބޭ ތަރުބަވީ ފައިދާތަކަށް ބަލާލާއިރު މުދައްރިސާއި ދަރިވަރާއި އޮންނަ ގުޅުން ބަދަހިވެ، ތަރުބަވީ މަސައްކަތުން ލިބޭ މަންފާއިތުރުވުމާއި، ތަޢުލީމީ ވަސީލަތްތަކަށް ހެޔޮބަދުލުތައްއައިސް އޭގެބޭނުން ފުރިހަމަގޮތުގައި ހިފުމާއި، ކިޔަވާދިނުމުގައި އެކި ހިއްސުތައް ބޭނުންކޮށްގެން ކިޔަވާ ދިނުމުގެ ސަބަބުން ދަރިވަރުންގެ ކުޅަދާނަކަން އިތުރުވެގެންދިޔުން ހިމެނެއެވެ. މީގެ އިތުރުން އުފެއްދުންތެރިކަމާއި އަމަލީ ފިކުރު ފުޅާކުރުމުގެ ކުޅަދާނަކަން ލިބުމާއި  ތަޖުރިބާއާއި އަމިއްލަމަސައްކަތުން ހޯދި މަޢުލޫމާތުގެ ދަރިވަރުންގެ ހިތުގައި ބިންވަޅު ނެގުހިމެނެއެވެ.ހަމަ އެބީދައިން މުދައްރިސްގެ ތައްޔާރުވުމާއި އެއްބާރުލުން ދަރިވަރާހަމައަށް ފޯރުކޮށް ދިނުމުގެ ފެންވަރު ރަނގަޅުކަން ފާހަގަކޮށްލެވެއެވެ .އަދި މީގެ އިތުރުން ދަރިވަރުގެ ބައިވެރިވުން އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ލިބިގެން ދާދިއުމުގެ ސަބަބުން ދަރިވަރުން ކުރިއަށްދިއުމަށް ލިބޭބާރެއްކަމުގައި ވެއެވެ. ބައެއްޓީޗަރުން ދެކިލައްވާ ގޮތުގައި ކުރީގެ މެތެޑްތަށް ދޫކޮށްލުމަކީ ރިސްކެއް ނެގުން ކަހަލަކަމެކެވެ. އެހެންކަމުން އެފަދަ ރިސްކެއްނެގުމަށް ޖެހިލުންވުންވެސް ހިމެނެއެވެ.
3.                 މުދައްރިސުން ކުދީންގެ ތަފާތުކަން (ޑައިވާރސިޓީ) ބަލައިގަންނަންވާނެ އަދި ހުރިހާކުދިންގެ ކިބައިންވެސް މަތިވެރި އުންމީދުތަކެއް ( ހައި އެކްސްޕެކްޓޭޝަން) މިއިބާރާތުގެ ސައްޚަކަން ބަޔާންކޮށްދޭށެވެ.
ކުލާސް ރޫމް ޑައިވާރސިޓީ މާނަކުރަނީ ކުލާހުގެ ކޮންމެ ދަރިވަރަކުވެސް ފަރުދީ ތަފާތުތަކަށް ރިޢާއެއްކޮށް އެކަން ބަލައިގެން  އެއަށް އިޚްތިރާމްކުރުމަށެވެ. އުނގަނައި ދިނުމުގައި ދަރިވަރުންގެ ފަރުދީ ތަފާތުތަކަށް ވިސްނައި އުނގަނައިދިނުން ބައްޓަން ކުރުމަކީ ބޭނުންތެރި ކަމެކެވެ. މިގޮތުން ކުދިންގެ އާއިލީ ފެންވަރާއި، ސަގާފަތާއި ކުދިންގެ ބޭނުންތަކަށް ވިސްނަން ޖެހެ އެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަން ދެނެގެން އުނގެނުމާއި ،އުނގަންނައިދިނުން ކުރިޔަށް ގެންދިޔުމަކީ ވަރަށް މުހިންމު ބޭނުންތެރި ކަމެކެވެ. ނުކުޅެދުންތެރި ކުދީނާ އުނގެނުމުގައި ދަތިކަން ހުރި ކުދީންނަށް ފަސޭހައިން އުނގެނޭނެ މާހައުލެއް ގާއިމްކުރުން މިސާލަކަށް ޑިކްލެކްސިޔާ،ހަކުރުބަލި ދިގުމުއްދަތަކަށް ހަށިގަނޑުގައި ވޭންއެޅުމުގެ ކަންކަން ތަހައްމަލްކުރާ ދަރިވަރުން ،އޭޑީއެޗްޑީ ،ސިކުނޑީގެ ނުކެޅުދުންތެރިކަން، އަދި މީގެ އިތުރުން ކުލާހުގައި އެކިއެކި ސަބަބުތަކާހެދި ތިބޭ އުމުރުން ދޮށީ ދަރިވަރުންނަށްވެސް  އުނގެނުމަށް ފަހި މާހައުލެއް ގާއިމްކޮށްދިނުން އެއީ ވަރަށް މުހިއްމުކަމެކެވެ. ދަރިވަރުންގެ ކިބައިން މަތިވެރި އުންމީދު ތަކެއް ކޮންމެ މުދައްރިސަކުވެސް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.ދަރިވަރުންގެ ފަރުދީ ތަފާތުތަކާއި ، ކިޔެވުމުގެ ތަފާތުތަކާ އިޖުތިމާޢީ ގުޅުމުގެ ތަފާތު މުދައްރިސުން ދެނަގަންނަން ޖެހެއެވެ. ދަރިވަރުންގެ މެދުގައި އެކިވަރަށް ޤާބިލުކަން ހުރުމަކީ އެއީ ތަބީޢީ ކަމެއްކަން އެނގެނީ ކުލާސްރޫމެއްގައި ތިބޭކުދިންނަށް ވިސްނާލުމުންނެވެ. ވަރަށް ފަޤީރު ކުދިން ތަފާތު އަނިޔާވެރިކަމާއި އިހާނެތި ކަންކަމުގެ ސަބަބު މެދުވެރިވެފައިވާ ކުދިން މައިންބަފައިން ވަކިން އުޅުމާއި ދޮންމަންމަ ނުވަތަ ދޮންބައްޕައާއެކު އުޅޭ ކުދިން މައިންބަފައިން މަރުވެ ޔަތީމުވެ އެހެން މީހުންނާއެކު އުޅޭ ކުދިން ތަފާތު ސަބަބުތަކާހުރެ ޢާއިލާ ނޫން އެހެން ގޭގޭގައި އުޅޭ ކުދިވެސް މިކެޓަގރީގައި ހިމެނިގެން ދެއެވެ. ބައެއް ދަރިވަރުންނަކީ އެދަރިވަރުންގެ ތެރޭގައި ސިއްޙީ އެކި އެކި މައްސަލަތައް ހުންނަ ދަރިވަރުންނާއި، ވާހަކަދެއްކުމުގައްޔާއި އަޑުއެހުމުގައްޔާއި ފެނުން ފަދަ މުހިއްމު ކަންތައްތަކުން މަޙުރޫމްވެފައިވާ ދަރިވަރުންނެވެ. އަދި މީގެ އިތުރުން ވާހަކަދެއްކުމަށް ކުޅަދާނަ ދަރިވަރުންނާއި ލިޔުންތެރިކަމަށް ކުޅަދާނަ ދަރިވަރުންވެސް ކުލާސްރޫމްތަކުގައި ތިބޭނެއެވެ. މިފަދަ ހުރިހާ ފަރާތްތަކެއްގެ ހުރި ތަފާތު ތަކާއެކުވެސް އެކުދިންނާއެކު މުޢާމަލާތްކޮށް ގެންގުޅެން ޖެހެއެވެ.
ދަރިވަރުންނަށް ކިޔަވައިދިނުމުގައި ދަރިވަރުންގެ ސުލޫކަށާއި، ދެކޭގޮތްތަކަށާއި، ކުރެވޭ ތަޖުރިބާތަކަށާއި، ވިސްނުން ވަރަށް ބޮޑަށް ދެނެގަންނެ ލެސަންތަށް ފަރުމާކުރުމަކީ މުހިއްމުކަމެކެވެ. އެހެން މީހުންނަށް އަޅާލެވޭ ގޮތެއް ހުރި އަދި ކިޔަވައިދޭ ފިލާވަޅަކާ ގުޅުންހުރި މަޢުލޫމާތުތައް ލިބިހުރި މީހަކަށް  މުދައްރިސް ވާންޖެހެއެވެ. އެގޮތުން އެ މާއްދާއެއް ކިޔަވައިދޭއިރު ހުންނަން ޖެހޭ ޚާއްސަ މަޢުލޫމާތުތައް މުދައްރިސުންގެ ކިބައިގައި ހުންނަން ޖެހޭނެއެވެ. އެގޮތުން ބައެއް ކުދިންނަށް ކިޔަވައިދޭން ބޭނުންކުރާ ތަފާތު އުކުޅުތައް، އަދި ތަފާތު ކޮންސެޕްޓްތައް އެނގެން ޖެހޭނެއެވެ. އަދި ހަމަ އެހެންމެ ދަރިވަރުންގެ ކިބައިގައި ހުންނަ  ޚާއްސަ ސިފަތައް އެނގި އެކުދިންގެ ކިޔަވާ މާޙައުލު ދެނެގަނެ ކިޔަވައިދިނުމަށްޓަކައި އެކަށީގެންވާ ލަނޑުދަނޑިއެއްގެ މައްޗަށް ބިނާކޮށް، ޕްލޭނެއް ކޮށްގެން ކިޔަވައިދިނުމުގެ  މަގުޞަދު ޙާޞިލް ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހެއެވެ.ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަން ގަބޫލުކުރުމާއިއެކު ދަރިވަރުންގެ ބޭނުންތައް ފާހަގަކުރެވި އުނގެނުމުގައި ހުރިހާކުދިންނަވެސް ހަމަހަމަ ފުރުޞަތު ފަހިވަނެގޮތަށް ލެސަންތައް ފަރުމާ ކުރުމަކީ ޓީޗަރުންގެ ޒިންމާއެއްކަމަށް އަޅުގަނޑު ދެކެމެވެ. ތަފާތު ދަރަޖައިގެ ކުދީންނަށް ކޯޕްކުރެވޭނެ ގޮތަށް އެކްޓިވިޓީރޭވުމަކީވެސް ވަރަށް މުހިއްމުކަމެކެވެ.
މުދައްރިސެއްގެ ހައިސިއްޔަތުން ކޮންމެ ދަރިވަރުންގެ ފަރާތުން ރަނގަޅު އުންމީދުތަކެއް ކުރާ ފަރާތަކަށް ވުމަކީ ވަރަށް މުހިއްމު ބޭނުންތެރި ކަމެކެވެ. މުދައްރިސަކު ދަރިވަރުންގެ ފަރާތު ރަނގަޅު އުންމީދެއް ނުކުރާނަމަ ހާޞިލްކުރަންބޭނުންވާ ލަނޑުދަނޑިތައް ހާޞިލްކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ކޮންމެ ދަރިވަރެއްގެ ފަރާތުންވެސް ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކެއް ކަނޑަ އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ. އާއްމުކޮށް ލަނޑުދަނޑިތައް އުފެދިގެން އަންނާނީ،  ސްޓޭންޑަރޑްތަކުންނެވެ. ސާދާކޮށް ބުނާނަމަ ލަނޑުދަނޑިން އަންގައިދޭނީ ހާސިލްވާންޖެހޭ ކަމަކާއި، އަދި ސްޓޭންޑަރޑް ތަކުގައި ބުނާ ފެންވަރަށް ދިއުމަށްޓަކައި ވަކި ކަމެއް ކުރާނެ ވަކި މީހެކެވެ.އަދި މުއްދަތެވެ. ކުލާހުގައި ތިބޭ ދަރިވަރުންގެ ފެންވަރަށް ބަލައިގެންވެސް ލަނޑުދަނޑިތަށް ރޭވުމަކީ މުހިއްމުކަމެކެވެ. ލަނޑުދަނޑިތައް ކަނޑަ އެޅުމުގގައި މުދައްރިސުންގެ ކިބައިންނާ  އަދި ސްކޫލުގެ މަސްއޫލު ފަރާތްތަކުގެ ކިބައިން، ވިސްނުން ހުރިގޮތް ފާޅުކުރެވިދާނެއެވެ. އަދި މުދައްރިސުން ކިޔަވައިދޭންޖެހޭ، ދަރިވަރުން ދަސްކުރަންޖެހޭ،އެއްޗެއް، ކަނޑައެޅުމުގައި ދަރިވަރުންގެ ބައިވެރިވުން އޮތުމަކީވެސް މުހިއްމުކަމެކެވެ.ޚަޞަކޮށް ސެކަންޑަރީންފެށިގެން މަތީގެ ދަރިވަރުން މިކަންކަމުގައި ބައިވެރިކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އަދިމީގެ އިތުރުން ސްކޫލުތައް ސްޓޭންޑަރޑް ތަކަށް ވާސިލްވުމަށްޓަކައި، ހަރަކާތްތެރިކަމާއިއެކު  ޒިންމާދާރުކަމާއެކު ކުރިއަށް ގެންދަވަން ތިއްބަވާ ހުރިހާ ސްޓޭކްހޯލްޑާރޒް ބައިވެރިކުރުމަކީ މުހިއްމުކަމެކެވެ.

4.     ދަރިވަރުގެ އުނގެނުމަށް އަސަރުފޯރުވާގޮތް
·                 މުދައްރިސުގެ ތައްޔާރުވުމާއި އިންތިޒާމުތައް:
  މުދައްރިސުން ތައްޔާރުވެގެން ކުލާސްތަކަށް ވަނުމަކީ ކުލާހުގައި ދިމާވާ އަހުލާޤީ މައްސަލަތަކަށް ލިބިގެންދާ ފަރުވާއެކެވެ.ބައެއް ތަޢުލީމީ މާހިރުން ދެކޭގޮތުގައި ކުލާސްރޫމު ރަނގަޅަށް އިންތިޒާމުކުރުމާއި،ކުލާސްރޫމްގައި ޓީޗަރުންނަށް އުނގަންނައި ދިނުމަށް އެކަށީގެންވާ ފަހި މާހައުލެއް އޮވެފައި އަދި ދަރިވަރުންނަށް އުނގެނުމަށް ފަހި މާހައުލެއް އޮތުމަކީ ދަރިވަރުންގެ ނަތީޖާ ރަނގަޅުވެގެން ދާނެކަމެކެވެ. (ހުޑުސުމިތު އެންޑް ލެފިންވެލް 1983) ކުލާސްރޫމު މާހައުލަކީ ކިޔެވުމަށް ވަރަށް މުހިއްމުރޯލެއް އަދާކުރެވޭނެ މާހައުލެކެވެ. މުދައްރިސުން ތައްޔާރުވުމުގައި ކުލާސްރޫމުގެ ފަރުނީޗަރާ ސެޓިންގސް އެމާއްދާއަކަށް އެކަށީގެންވާގޮތައް އެތުރުމަކީ އުގެނުމަށް އެއިގެސަބަބުން އަސަރުފޯރުވާކަމެކެވެ. ކުލާހުގައި ޖާގަ ބޭނުންކުރުމުގައި ބައެއްޓީޗަރުން ވަރަށް އޯގަނއިޒް ގޮތެއްގައި ރާވާލާފައި ހުންނައިރު އަނެއްބައިޓީޗަރުން މިކަންކަމުގެމައްޗަކަށް މާބޮޑު ސަމާލުކަމެއް ނުދެއްވައެވެ. ބައެއްފަހަރު ކުލާސްރޫމު އެތުރުމުގައި ދަރިވަރުންގެ ޚިޔާލުވެސް ބޭނުންކުރެއެވެ. ދަރިވަރުންގެ ޚިޔާލް ބޭނުންކުރުމުން އެކުދީން ކޮންފޮޓަބްލް ގޮތަކަށް ރޭވުމުންވެސް ކިޔަވައިދިނުމަށް އެދެވޭ ބަދަލް އަންނަކަން ފާހަގަކުރެވެއެވެ."މައިކުލާސް އިންވެންޓޮރީ"އަކީ ކުލާސްރޫމު ތަރުތީބު ކުރުމުގެ މާހައުލާމެދު ދަރިވަރުން ދެކޭގޮތް ވަޒަންކުރުމަށް ބޭނުންކުރެވިދާނެ ގޮތެކެވެ.ދަރިވަރުން ދެކޭގޮތް ބެލުމަށް އެމެރިކާގައި މައިގަނޑު ގޮތެއްގައި "ބޭނުންކުރަނީ "ދަ ކުލާސްރޫމު އެންވަރމެންޓް ސްކޭލް" ދިރާސާ ތަކުން ދައްކާގޮތުގައި މިސްކޭލުން ދައްކާގޮތުގައި ތަފާތު މާހައުލަށް ހޭނުމަށް ދަތިވާކުދީނަށް އެންމެ ރަނަގަޅު ގޮތެކީ ވަކި ޚާއްސަގޮތަކަށް އަތުރާލެވިފައިވާ ކުލާސްތަކެކެވެ. ނަމަވެސް ފަސޭހައިން ކަންކަމަށް ހޭނޭ ދަރިވަރުންނަށް މިފަދަ ކުލާސްރޫމުތައް ރަނގަޅުކަމަކަށް ނުދައްކައެވެ. އެހެންކަމުން ކުލާސްރޫމު ރާވާލުމުގއި ވަކި ޚާއްޞަ ތަރުތީބެއް ކަނޑައަޅާފައި ބޭއްވުމަކީ އެންމެ އެދެވޭގޮތްކަމުގައި ބެލެވޭކަށް ނެތެވެ."(މާރޝް ސީ 1996)
ދެންހުރި ކަންކަމަކީ ކުލާސްރޫމުގެ އަލިކަމާއި ،ވެންޓިލޭޝަން ވާންޖެހޭނީ އުނގެނުމަށް ފަހިވާގޮތަށް ފަރުމާ ކުރެވިފައިވާ ކަންކަންގޮތުގައެވެ. މިހުރިހާ ކަންކަމަކީވެސް މުދައްރިސް ތައްޔާރުވުމުގެ އިންތިޒާމުގެ ތެރޭގައި ހިމެނޭނެކަންކަމެވެ.
މުދައްރިސުގެ ކިބައިގައި ސަބްޖެކްޓް ކޮންޓެންޓު ހުރުމަކީ ދަރިވަރުންގެ އުނގެނުމަށް އެދެވޭ ބަދަލެއްގެނެވޭނެ ކަމެކެވެ.އިލްމީ ހޯދުންތަކުން ދައްކާގޮތުގައި މުދައްރިސުގެ މަޢުލޫމާތު މުއްސަނދި ވުމަކީ ދަރިވަރުންގެ އުނގެނުމަށް އެދެވޭ އަސަރުކުރުވާކަމެކެވެ .މުދައްރިސައް މާއްދަގެ މަޢުލޫމާތު ފުރިހަމައަށް ލިބިފައިވާނަމަ ކިޔަވައިދޭ ކިޔަވައިދިނުމުގެ އެދެވޭއަސަރު ދަރިވަރަށް ފުރިހަމައަށް ފޯރާނެއެވެ. މުދައްރިސުގެ ތަޖުރިބާއަކީވެސް ވަރަށް މުހިއްމުކަމެކެވެ. ގިނަދުވަހު އެދެވޭ ރަނގަޅު ގޮތަކަށް ކިޔަވައިދެއްވާ ތީޗަރުންގެ ތަޖުރިބާއަކީ ދަރިވަރުންގެ ކިޔެވުމަށް ބޮޑު އަސަރެއްފޯރުވާ ކަމެއްކަން އިލްމުވެރިން ދެކެއެވެ. އެދެވޭ ގޮތެއްގައި ތަޖުރިބާ ލިބިފަވާ މުދައްރިސުންނަކީ ދަރިވަރުންގެ ކިޔެވުމަށް އެދެވޭ އަސަރު ކުރުވާ ކަމެކެވެ.
ބައެއް ތަޖުރިބާކާރުން ދެކިލައްވާގޮތުގައި ފިލާވަޅު ރޭވުމުގައި ހަތަރު ބައެއްހިމެނިދާނެއެވެ. މިގޮތުން (ޖޯން 1993 އަދި ހެންރިކްސްލީ 1995) ދެކިލައްވާ ގޮތުގައި ތިރީގައި މިވާ ހަތަރު ކަމަކީ ލެސަން ހެދުމުގައި މުދައްރިސުން ސަމާލުކަންދިނުން މުހިއްމު ހަތަރުކަމެކެވެ.
·        ދަރިވަރުންގެ ބޭނުންތަކާ އެއްގޮތަށް ފިލާވަޅު ބައްޓަންކުރުން
·        ކުލާހުގެ އެކި ލެވެލްގެ ދަރިވަރުންނަށް އެކަށޭނެގޮތަކަށް ލެސަންތަށް ތައްޔާރުކުރުރުން
·        ފިލާވަޅުގެ ތެރެއިން ދަރިވަރު ވަޒަން ކުރެވޭނެ ނިޒާމެއް ލެސަނުގައި ހިމެނުން
·        ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ކުލާހުގައި ހިމެނޭނަމަ އެފަދަ ކުދީންނަށް އެކަށޭނެ ހަރަކާތް ލެސަންގައި ހިމެނުން
އަޅުގަނޑުގެ ނަޒަރުގައި މި ހަތަރު ކަމަކީ ކޮންމެ މުދައްރިސަކުވެސް ކުރުން ލާޒިމު ކަންކަމެވެ. މިކަންކަމަށް ވިސްނައިގެން ލެސަންތަށް ހެދިއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް އެދެވޭ އަސަރުކުރާނެކަމީ ކޮންމެ ޓީޗަރަކުވެސް ޤަބޫލުކުރާނެ ކަންކަމެވެ.

           ކުލާހުގައި ދަރިވަރުންނާ ކުރެވޭ މުޢާމަލާތް:
އުނގަންނައިދިނުމަކީ ޓިޗަރާ ދަރިވަރުންނާ ދެމެދު ބަދަލުކުރެވޭ މުޢާމަލާތެކެވެ.އިންސާނުންގެ މުޢާމަލާތު ބިނާވެފައިވަނީ ވާހަކަދެއްކުމަށެވެ. ޓާނީ (1992) ދެކޭގޮތުގައި މުޢާމަލާތް ކުރުމަކީ "އެއްފަރާތުން އަނެއްފަރާތަށް ދޭހަވާގޮތަށް، މެސެޖެއް ނުވަތަ ކަމަކާމެދު ވިސްނާގޮތެއް ޙިއްސާކުރުމެވެ." ކްލާސްރޫމުގެ މާޙައުލަށް ވިސްނާއިރު މުޢާމަލާތް ކުރުން 3 ބަޔަކަކަށް ބަހާލެވިދާނެއެވެ. ބަހުގެ ހުނަރު ބޭނުންކޮށްގެން މުޢާމަލާތްކުރުން، އިޖުތިމާޢީ ހުނަރު ބޭނުންކޮށްގެން މުޢާމަލާތްކުރުން،ވިސްނުމުގެ ހުނަރު ބޭނުންކޮށްގެން މުޢާމަލާތްކުރުންހިމެނެއެވެ. ބަސް ބޭނުންކޮށްގެން ދެގޮތަކަށް މުޢާމަލާތް ކުރެވިދާނެއެވެ. އެއީ ވާރބަލްކޮށް އަދި ނޮންވަރބަލްކޮށެވެ. މުޢަމަލާތަކީ ދަރިވަރުގެ ކިޔެވުމަށް ނުހަނު އަސަރު ފޯރުވާކަމެކެވެ.ދަރިވަރަށް ދޭހަވިކަން ނުވަތަ ނޫންކަން މުދައްރިސައް އެގި ކަށަވަރުވާނެ އެންމެ މުހިއް އެއްކަމަކީ މުޢާމަލާތްކުރުމެވެ. މުދައްރިސާ ދަރިވަރާ މުޢާމަލާތް ކުރުމުގައި އިންތަކަކާ،މިންތަކެއް ހުރުމަކީވެސް މުހިއްމުކަމެކެވެ. ދަރިވަރުންނަކީ އެމުދައްރިސަކު ބޭނުންގޮތަކަށް ބަށްޓަންކުރެވިދާނެ ބައެކެވެ. އެހެންކަމުން އެދަރިވަރުން ބައްޓަންކުރަންވާނީ މުޢާމަލާތް ކުރާއިރުވެސް އިސްލާމީ ރިވެތި އާދަޔާ ދިވެހި ސަގާފަތުގެ ތެރއިން ހުންނަ ރަގަޅު ސަގާފަތަށް އެކަށޭނެ ގޮތަކަށެވެ. އުގަންނައި ދިނުމުގަ މޫޢާމަލާތަކީ އެންމެ ބޮޑު ދަޢުރު އަދާކުރާ އެކައްޗެވެ.

ކްލާސްރޫމްގައި ޓީޗަރު ގިނަވަގުތު ކުރާކަމަކީ ވަރބަލްކޮށް ކޮމިޔުނިކޭޓް ކުރުމެވެ. އެކިއެކި  ހޯދުންތައް ބުނާގޮތުން ކްލާސްރޫމްގައި ގިނަ ވާހަކާ ދައްކަނީ ޓީޗަރ އެވެ. ( ފްލެންޑަރސް 1970) އަދި (ބެނެޓް 1984) އަދި އިތުރަށް ފާހަގަ ކުރެވުނު ގޮތުގައި މި ވާހަކަތަކުގެ ބޮޑު ބަޔަކީ  ކްލާސްރޫމް އަދި  ކްލާހުގައިކުރެވޭ މަސައްކަތްތަށް އިންތިޒާމު ކުރުމަށްޓަކައި ދެކެވޭ ވާހަކަތަކެވެ. ޓީޗަރު ސުވާލުކުރުމަށް، ކުއްޖާ އިތުރަށް ފިލާވަޅަށް ޝައުގުވެރި ކުރުވުމަށް އަދި ހައި އޯޑަރ ވިސްނުން
ތަރައްގީ ކުރުމަށް ވާހަކަ ދެކެވެނީ ވަރަށް މަދުންނެވެ. ގިނައިން ވާހަކަ ދެއްކުމަކީ ލޭންގުއޭޖު ކުރިއެރުމަށް ލިބޭ ފުރުޞަތެކެވެ.އަދި މީގެ އިތުރުން ކޯޕަރޭޓިވްލާނިން ގެންދިއުމުގައި މުޢާމަލާތް ކުރުމަކީ ވަރަށް މުހިއްމު ބޭނުންތެރިކަމެކެވެ. މުޢާމަލާތްކުރުމުގައި ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރުމަށް ހާއްޞަ ސަމާލުކަމެއް ދީގެން ފިލާވަޅުތައް ބައްޓަންކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.




ރިފަރެންސް ލިސްޓް:
Anlyn, L. :. (1993). Curriculum Development and Design. In Curriculum Development and Design. Print.M.
Marsh, C. (1996). Handbook for Beginning Teachers. South Melbourne: Longman
http://www.teachingpr.org/teaching_pr/2008/11/diversity-in-the-classroom.html#sthash.XbnXVKbN.dpuf (Russell, 2008)
Russell, K. M. (2008). Diversity in the classroom. The week's best.

No comments:

Post a Comment