Wednesday, April 1, 2015

ލެސަންޕްލޭނެއްހަދާނީ ކިހިނެއް
1.     ތަޢާރަފު
  ފުރަތަމަ ބައިގައި ހިމެނެނީ ދެވައްތަރެއްގެ ލެސަން ޕްލޭންއެއް ހުށައެޅުމެވެ. އެއީ ކުރީގައި ލެސަން ޕްލޭން ހަދަމުން އައިގޮތުގެ ނަމޫނާ އަކާ، މިޒަމާނުގެ ލެސަން ޕްލޭނެކެވެ. އެއީ އެސް އެސް އީ ސިލަބަހުން ސުރުހީއެއްނެގުމަށްފަހު ދެފިލާވަޅަށް ލެސަންޕްލޭން ތައްޔާރުކުރުމެވެ. އެއްލެސަން ރާވާނީ އެންމެ ކުރީގެ ގޮތަށް ޗޯކާއި ބޯޑު ބޭނުންކޮށްގެ ކުރިއަށް ގެންދާގޮތަށެވެ. ދެވަނަ ލެސަން ތައްޔާރުކުރެވިފައި އޮންނާނީ  އެންމެ މިޒަމާނުގެގޮތައް އުފެއްދުންތެރި މެތަޑުތަށް ބޭނުންކޮށްގެންނެވެ. އަދި މިލެސަން މިހާރު ކިޔަވައިދެމުން ގެންދާ 2 އުސްތާޒަކަށް ހުށަހަޅާ އެލެސަން ޕްލޭންގައި ހުރި ހަރުދަނާކަމާ،ބަލިކަށިކަމާ،އިތުރަށް އެފިލާވަޅުތަށް ކާމިޔާބކަމާއި އެކު ހުށަހަޅާ ތަންފީޒު ކުރުމަށް ހުރި ފަހިކަން ދެނެގަތުމަށް އެ އުސްތާޒުންނާއި ކުރެވުނު ސުވާލުތަކާއި އެސުވާލުތަކުގެ ޖަވާބު މިއެސައިން މެންޓުގެ އެޕެންޑެކްސްގައި ހިމެނުމެވެ.

Tuesday, March 31, 2015

ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުން އަދި އުނގަންނައިދިނުމުގައި ބެލެވޭ ބައެއްކަންކަން
އުނގެނުމާއި  ،އުގަންނައި  ، ދިނުމުގައި  މުދައްރިސައް  އިސްކަންދޭ ( ޓީޗާރސެންޓާރޑް) ކިޔަވައިދިނުމަށްވުރެ ދަރިވަރަށް އިސްކަންދޭ (ޗައިލްޑް ސެންޓާރޑު) ކިޔަވައިދިނުމުގައި ރަނގަޅުކަމަށް ގަބޫލުކުރެވެނީ ކޮން ހާލަތެއްގައި ކިހާމިންވަރަކަށް ކަމަށާއި، ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައިދިނުން ދިވެހި ރާއްޖޭގެ ސްކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަނޑު ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާއި، މުދައްރިސުން ކުދީންގެ ތަފާތުކަން (ޑައިވާރސިޓީ) ބަލައިގަންނަންވާނެ އަދި ހުރިހާކުދިންގެ ކިބައިންވެސް މަތިވެރި އުންމީދުތަކެއް ( ހައި އެކްސްޕެކްޓޭޝަން) މިއިބާރާތުގެ ސައްޚަކަން ބަޔާންކޮށްދޭށާއި، ދަރިވަރުގެ އުނގެނުމަށް އަސަރުފޯރުވާގޮތްތަކުގެ ތެރެއިން މުދައްރިސުގެ ތައްޔާރުވުމާއި އިންތިޒާމުތައް، ކުލާހުގައި ދަރިވަރުންނާ ކުރެވޭ މުޢާމަލާތް، ދަރިވަރުންނާ އޮންނަގުޅުން، ސާފުކޮށް އޮޅުންފިލާނެހެން ބުނެދިނުން މިކަންކަމުގެ މައްޗަށެވެ.

Saturday, March 28, 2015



އިންސާނާ އުފެދި ތަރައްޤީވާގޮތް އުނގެނި ދަސްކުރުން

ފުރަތަމަ ބައިގައި ހިމެނިފައިވަނީ ތަފާތު ރިސާޗުތަކުގައި ހެދުމުގެ އާންމުގޮތެއްގައި ބޭނުންކުރާ ގޮތްތަށް އަޅާކިޔުމާއި، އިންސާނާ އުފެދި ތަރައްޤީވާގޮތް އުނގެނި ދަސްކުރުމަށް ބޭނުންކުރެވިފައިވާ ރިސާރޗުގެ ވައްތަރުތައް (އޮބްޒަވޭޝަން،ސެލްފްރިޕޯޓް  ،ކޭސްސްޓަރޑީ،އޮތޮނޮގްރަފީ) ތަރައްޤީވެ ކުރި އަރަމުން ދާގޮތްތަށް އުނގެނުމަށް މިރިސާޗު ފަރުމަކުރެވިފައިވާގޮތާއި ،ހަމައެއާއެކު ރިސާޗުތަކުގައިވާ ފާހަގަކުރެވޭ ކުރިއެރުންތަކާ،ނުކުޅެދުންތައްޚުލާސާކޮށް ތާވަލެއްގައި ހުށަހެޅުން

Saturday, March 14, 2015



 އިންޓާރވެންޝަން ޕްލޭނެއް ތައްޔާރުކުރަމާ - އިންކުލޫސިވް އެޑިޔުކޭޝަން 
ތަޢާރަފް
       
         ފުރަތަމަ ބައި (ސެކްޝަން އޭ) ގައި ހިމެނޭނީ ދަރިވަރާ ބެހޭގޮތުން ހޯދާ ޚާއްޞަ މަޢުލޫމާތު ތަކެކެވެ. މިގޮތުން ދަރިވަރުގެ ޕާސަނަލް މަޢުލޫމާތާއި، ދަރިވަރުގެ ޝައުގުވެރިކަމާއި، ދަރިވަރުގެ ކިޔެވުމަށް އަސަރުކުރުވާ ކަންކަމުގެ ހުލާޞާއަކާ އަދި ދަރިވަރުގެ މިހާރުގެ ފެންވަރު އަންގައިދޭ ލިޔެކިޔުންތަށް ހިމެނޭނެއެވެ.