އިންސާނާ އުފެދި ތަރައްޤީވާގޮތް އުނގެނި ދަސްކުރުން
ފުރަތަމަ ބައިގައި ހިމެނިފައިވަނީ ތަފާތު ރިސާޗުތަކުގައި ހެދުމުގެ އާންމުގޮތެއްގައި ބޭނުންކުރާ ގޮތްތަށް އަޅާކިޔުމާއި، އިންސާނާ އުފެދި ތަރައްޤީވާގޮތް އުނގެނި ދަސްކުރުމަށް ބޭނުންކުރެވިފައިވާ ރިސާރޗުގެ ވައްތަރުތައް (އޮބްޒަވޭޝަން،ސެލްފްރިޕޯޓް ،ކޭސްސްޓަރޑީ،އޮތޮނޮގްރަފީ) ތަރައްޤީވެ ކުރި އަރަމުން ދާގޮތްތަށް އުނގެނުމަށް މިރިސާޗު ފަރުމަކުރެވިފައިވާގޮތާއި ،ހަމައެއާއެކު ރިސާޗުތަކުގައިވާ ފާހަގަކުރެވޭ ކުރިއެރުންތަކާ،ނުކުޅެދުންތައްޚުލާސާކޮށް ތާވަލެއްގައި ހުށަހެޅުން
ދެވަނަ މަސައްކަތަކީ ޝައުގުވެރިވާ ކޮންމެވެސް ދާއިރާއަކަށް
ތަފާތު އެއްވައްތަރެއްގެ ރިސާޗް ހަދާނެގޮތް ބޭނުންކޮށް އެބޭނުންކުރިގޮތުގެ
ތަފްޞީލް ހުށަހެޅުމެވެ. މިބައިގައި ޝައުގުވެރިވާ ކޮންމެވެސްދާއިރާއަކަށް
ކޮންމެވެސް އެއްވަށްތަރެއްގެ އާދައިގެ ރިސާޗުމަސައްކަތެއްކޮށް ތިރީގައި ހިމެނޭ
ބައިތަކަށް އަލިއަޅުވާލާ ރިޕޯޓެއްހުށަހެޅުންހިމެނެއެވެ. އަދި މީގައި
ހިމެނޭބައިތަކަކީ ތަޢާރަފް، ދިރާސާ ކުރިގޮތް ،ނަތީޖާ އަޅާކިޔުން، ނަތީޖާ މަޝްވަރާ، ނިންމުން ހިމެނެއެވެ.
ރިސާޗަކީ އާ މަޢުލޫމާތުތަކެއް
ހޯދުމުގެ ގޮތުން ނުވަތަ ކުރިން
ހާމަކުރެވިފައިނުވާ މަޢުލޫމާތެއް އުނގެނިގަތުމުގެ ގޮތުންވަކި އެއްޗަކާމެދު ނުވަތަ ވަކި
ކަމެއް އޮތް ގޮތާމެދު ތަފްޞީލުކޮށް ކަމެއް ހޯދުމުގެ މަސައްކަތެވެ. މިއީ ޢިލްމީ އުޞޫލެއްގެ
މަތީން ހުޅުވެވިފައިވާ ސިކުނޑިއަކާއެކު ނިޒާމީ ތަޙުޤީޤެއްގެ
ތެރެއިން ސާބިތކަމާއެކު މަޢުލޫމާތު ހޯދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެވެ.
އެކަމުން ހޯދޭ ހޯދުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ކަމެއް ނުވަތަ ގޮތެއް
ދެނެގަތުމަށްޓަކައި
ނުވަތަ އާ މަޢުލޫމާތެއް ލިބިގަތުމަށްޓަކައި
ކުރެވޭ ޢިލްމީ މަސައްކަތެއްގެ ތެރެއިން ކަމެއް
ދެނެގަނެވުނު ދެނެގަތުމެވެ
މައިގަނޑު ގޮތެއްގައި ދިރާސާތައް ބިނާވެގެންވަނީ މައިގަނޑު 3
މަޤްޞަދެއްގެ މައްޗަށްށެވެ. މިގޮތުން އެންމެ ޢާއްމު އަދި އެންމެ ގިނައިން ކުރެވޭ ދިރާސާތަކުގެ މަޤްޞަދަކަށްވެފައި
އޮންނަނީ، ޢިލްމުވެރިކަން ފުޅާކުރުމަށްޓަކައި ނުވަތަ
ޢިލްމީ ގޮތުން އުފެދި ޖަވާބު
ލިބިފައި ނުވާ ގިނަގުނަ ސުވާލަކަށް ޖަވާބު ހޯދުމަށްޓަކައި، ކަނޑައެޅިފައިވާ ވަކި ޢިލްމީ
ދާއިރާއަކަށް ހޯދާ މަޢުލޫމާތެކެވެ. ދެވަނަ މަޤްޞަދެއްކަމުގައި
ފާހަގަކުރެވިފައިވަނީ ސިޔާސަތެއް
ކަނޑައެޅުމަށްޓަކައި ނުވަތަ މަޝްރޫޢެއް ރޭވުމަށްޓަކައި ނުވަތަ ޚިދުމަތެއް
ފޯރުކޮށްދިނުމަށްޓަކައި ނުވަތަ މަސައްކަތެއް ފެށުމަށްޓަކައި ބޭނުންވާ މަޢުލޫމާތު
ލިބިގަތުމެވެ. ނުވަތަ ލިބިދިނުމެވެ. މިސާލަކަށް ސްކޫލެއްގެ ސާނަވީ ތަޢުލީމު ނިންމާ
ދަރިވަރުން ގެ ނަތީޖާ ފާސްވާ ނިސްބަތް ދަށަށް ދަނީ ކީއްވެގެންތޯ ބެލުމަށްޓަކައި ދިރާސާއެއް
ކުރެވިދާނެ އެވެ. އެއީ ކިޔަވައިދިނުމުގެ ސިޔާސަތު އަލުން
ރޭވުމަށް ނުވަތަ އެކަން
ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ހޯދައި ދެނެގަތުމަށްޓަކައިއެވެ. ނުވަތަ
ނަތީޖާ އިތުރަށް ރަނގަޅު ކުރުމަށްޓަކައި ދިރާސާމަސައްކަތެއް ކުރެވިދާނެއެވެ.
ނުވަތަ ރަށެއްގައި އާ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެކަމާ ބޭހޭ މަޢުލޫމާތު
ހޯދާ އެކަން ކުރެވޭނެ ގޮތްތަކެއް ބެލުމުގެ ދިރާސާވެސް މިބައިގެ ތެރޭގައި
ހިމެނެއެވެ. ތިންވަނަ މަޤްޞަދަކީ ވަކި ޚާއްޞަ ކަމެއް ނުވަތަ
މައްސަލައެއްގެ ޙައްލު ހޯދުމެވެ.
ނުވަތަ ވަކި ޚާއްޞަ މައްސަލައެއް ފައިޞަލާކުރުމެވެ. މިސާލަކަށް ދިވެހިރާއްޖޭގައި މަސާޖު
ޕާލާ ހިންގާ ފަރާތްތަކުން އެކަން ކުރަނީ ކޮންގޮތަކަށްކަން ހާންމަ ކުރުމުގެ ގޮތުން
ނޫސްވެރިން ކުރާ އެތޮނަގްރޮފިކް ރިސާޗުފަދަކަންކަމެވެ.
އިންސާނާ އުފެދި ތަރައްޤީވާގޮތް އުނގެނި
ދަސްކުރުމަށް ބޭނުންކުރެވިފައިވާ ރިސާރޗުގެ ވައްތަރުތަކާއި އެއިގެ ފައިދާތަށް ހުރި
ގޮންޖެހުންތައް
ރިސާޗު މެތެޑް
|
ފައިދާތައް
|
ގޮންޖެހުންތަށް
|
އޮބްޒަވޭޝަން:
ނެޗްރަލިސްޓިކް
އޮބްޒަވޭޝަން: ނެޗްރަލިސްޓިކް އޮބްޒަވޭޝަން ގައި ފުރަތަމަ ބަލަނީ ހަޤީޤީ އަސްލް ދިރިއުޅުމުގެ
ހާލަތުގެ މައްޗައް ނުވަތަ ރިއަލް ލައިފް ސެޓިންނަށް ބިނާކޮށް މަޢުލޫމާތު މިފަދަ ރިސާޗުތަކުގައި
ބޭނުންކުރުމަށެވެ. މިފަދަ ރިސާޗު ތަކުގައި ބިހެވިޔާ ނުވަތަ އަމަލްތަކަށް ނުވަތަ
އަސްލަށް އެއްވެސް ބަދަލެ ނުގެނަސް ފެންނަ ފެނުމުގެ މައްޗަ ރެކޯޑުކުރާ
ރެކޯޑުކުރުންތަކެވެ.
ލެބޯޓްރީ
އޮބްޒަވޭޝަން:
ލެބޮޓްރި
އޮބްޒަވޭޝަންގައި ރިސާޗު ކުރާ
ފަރާތްތަކަށް ފެންނަ ފެނުންތަކާ ބިހޭވިޔާރ ރެކޯޑްކުރާނީ ކޮންތްރޯލް އެންވަރަރމެންޓެއްގައެވެ. ލެބޯޓްރީ
ކަހަލަ ތަނެއްގައި ކުރެވޭ އޮބްޒަވޭޝަން ތަކުގައި ބޭނުން ކުރެވޭ
ހުރިހާއެންމެންވެސް ތިބޭނި އެއްހާލަތެއްގައި ކަމެވެ. މިސާލަކަށް
ދަރިވަރުންތަކެއް ނުނިދާތިބެ ފިލާވަޅު ދަސްކޮށް އެދަރިވަރުންނަށް ޓެސްޓެއްދީ
އެޓެސްޓްގެ ނަތީޖާއިން ބެއްލެވިދާނެ ނިދީގެ ސަބަބުން ދަރިވަރުންގެ ހަނދާނަށާ
،ޕާފޯމެންސައް ކުރި އަސަރު މިރިސާޗުން ބަލައިލެވިދާނެ އިންސާނާގެ ނިންޖާ
ހަނދާނާ،ބިހޭވިޔާ އަށް ކުރުވާ އަސަރު މިފަދަ ރިސާޗުތަކުން ބަލައިލެވިދާނެއެވެ.
|
ބިހޭވިޔާގެ
ރަނގަޅު ޑިސްކްރިޕްޝަން ނުވަތަ ތަހުލީލި މަޢުލޫމާތު މިވަށްތަރުގެ ރިސާޗުން ރަނގަޅަށް
އަންގައިދެއެވެ.
ބިހޭވިޔާއަށް އަސަރުފޯރާފަދަ
އަންނެޗްރަލް ސެޓިންގ މިފަދަ ހާލަތްތަކުގެ ރިސާޗުގައި ދިމާނުވާނެ ކަން
ފާހަގަކުރެވޭ.
ލެބޮޓްރި އޮބްޒަވޭޝަންގައި ރިސާޗުގެ ރަނގަޅު ތަފްޞީލެއް ދެވެނެއެވެ.
ނެޗުރަލިސްޓިކް އޮބްޒަވޭޝަނަށްވުރެ ބިހޭވިޔަރބްލް އޮބްޒަވޭޝަންގައި ވޭރިއަބްލް
ކޮންޓްރޯލްކުރެވޭނެއެވެ.
ރިސާޗުގައި ބައިވެރިވާ ބައިވެރިން
އޮބްޒާވް ކުރެވިފައިވާނީ ހަމަހަމަ ކޮންތްރޯލް ކަންޑިޝަނެއްގައެވެ.
|
ސެޓިންގެ ކޮންޓްރޯލް ގެއްލުން
އޮބްޒާވާ ބަޔަސްވުން ނުވަތަ އޮބްޒާވާރ
ވަކިކޮޅަކަށް ބުރަވުމުގެ ފުރުޞަތު ބޮޑުވުން މިކަމުގެ ސަބަބުން ރިސާޗުގެ
އެކިޔުރަސީގެއްލިގެން ދިއުން ހިމެނެއެވެ.
އޮބްޒާވާ ބަޔަސްވުން ކޮންޓްރޯލްކުރެވިފައިވާ
ކަންޑިޝަން .
ނެޗުރަލް ކަނޑިޝަނަށް ނުވުމުގެ ސަބަބުން
ނަތީޖާއަށް ނުފޫޒުފޮރުމުގެ ފުރުޞަތުއޮތުން
|
ސެލްފް ރިޕޯޓް:
އެންމެ އާދައިގެ
ސެލްފް ރިޕޯޓް ހެދުމަށް ބޭނުންކުރަނީ
ޑައިރީއެވެ. ނޫނީ ލޮގެކެވެ.
އާންމުގޮތެއްގައި
ފުރާވަރުގެ ކުދީން އެކުދީންގެ ޑިޕްރިޝަން މައްސަލަތައް ދިމާވުމުން އެކުދީންގެ
ފަރާތުން އެކުދީންގެ ކެއުންބުޔުމުގެ ހާލަތާއި ،އެކުދީންގެ އިހުސާސްތައް ރެކޯޑު
ކުރަން ސެލްފް ރިޕޯޓް ދެވިދާނެއެވެ. މިފަދަ ރިސާޗު ތަކުގައި ބޭނުންކުރެވޭނީ
ޕޭރަންޓަލްސެލްފްރިޕޯޓް ، ޑައިރީ ،އިންޓަވިއު ، ކްއެއްޝަނާ، ވިޑިއޯޓޭޕިން ،ރެކޯޑިން ބޭނުން
ކުރެވިދާނެއެވެ.އަދި
މީގެއިތުރުން ބައެއް ކުދީންނަކީ ޑިޕްރިޝަންގެ ސަބަބުން އިހުސާސްތަށް
ހާންމަކުރުމަށް ދަތިތަކާ ކުރިމަތިވެފައިވާކުދީންނެވެ. މިފަދަކުދީންގެ ޝުޢޫރުތައް ހާންމަކުރުމަށްޓަކައި މެޕަކުން
ގްރާފަކުން ކުރެހުމަކުން ހާންމަކުރެވިދާނެއެވެ.
|
އިންސާނެއްގެ ދިރިއުޅުމާ ބެހޭގޮތުން ސީދާ
އެމީހާގެ ފަރާތުން ބުނާބުނުން ނުވަތަ ފޯރުކޮށްދޭ މަޢުލޫމާތު،އެމީހުން
ކަންކަމާއިމެދު އެމީހުން ދެކޭގޮތާއި ފާޅުކުރެވޭ ޚިޔާލާ ނުވަތަ އޮޕީނިއަން އާއި
އެޓިޓިއުޑު އެނގިގެންދެއެވެ.
ސެލްފު ރިޕޯޓުގައި
ވިޝުއަލް ޓެކްނިކް ނުވަތަ ކުރެހުމުން ބަޔާންކުރެވޭތި ވާހަކަ ދެއްކުންތެރިކަމާއި
،ހުނަރު ލިބިފައިނުވާ ކުދީންނަށްވެސް ސެލްފްރިޕޯޓުގެ އެހީތެރިކަން ހޯދިދާނެއެވެ.
|
މިފަދަ ރިސާޗުގައި
ބައިވެރިކުރެވޭ ފަރާތްތަކުގެ މަޢުލުމާތު
ހަނދާނުގައި ނުހުންނާތީ މިރިސާޗު އެކިއުރޭޓުވުމުގައި ފުށުއެރުންތަކެއް
ހުންނަކަން
ސުވާލުކުރެވޭ ގޮތުން ޖަވާބު
ތަފާތުގޮތަކަށް އައުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ.
|
ކޭސްސްޓަރޑީޒް
ކޭސްސްޓަރޑީޒްގައި
ދިރާސާކުރެވެނީ ވަކިވަކި ފަރުދެއް ނުވަތަ އިންޑިވިޖުއަލް އަކާ ގުޅޭގޮތންނެވެ.
ސައިކޮލަޖިސްޓެއްކަމަށްވާ ސިގްމަން ފްރޫޑުގެ ބައެއް ތިއަރީތައް ރިސާޗުކުރުމުގައި
ބޭނުންކުރެވިދާނެއެވެ. ކޭސްސްޓަރޑީޒްގައި ބިހޭވިޔާ ނުވަތަ
އުޅުމާއި،ފިޒިއަލޮޖިކަލް ނުވަތަ އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލާއި
ބައޮގްރެފިކަލް މެޓީރިއަލްސް ބެނުން ކުރުމުގައި ކޭސްސްޓަޑީޒް ބޭނުންކުރެވެނީ
މަދު ހާލަތްތަކުގައެވެ. މުޅި ގުރޫޕަށް ނުވަތަ ބައިވަރު މީހުންތައް ބޭނުންކޮށް
ނަތީޖާ ނުނެރެވޭ ހާލަތްތަކުގައި އިންޑިވިޖުއަލްކޮށް ދިރާސާ ހަދަން ޖެހިދާނެ
ހާލަތެއްގައި ކޭސްސްޓަޑީޒް ބޭނުންކުރެވިދާނެއެވެ.
|
މީހެއްގެ އުޅުމާއި
ގުޅުމާއި ގުޅޭގޮތުން ތަފްސީލީ މަޢުލޫމާތު ލިބިގެންދެއެވެ.
ކޭސްސުޓަޑިޒްއިން ވަކިކަހަލަ
ހައިޕޮތަސިސްތައް އަށަގަނެއެވެ. (
މިސާލަކަށް ކުޑައިރު އިގެރޭސިބަހުން ވާހަކަދައްކާ މާހައުލެއްގައި ބޮޑުވާކުދީން
އެފަދަމާހައުލެއްގައި ނޫޅޭ ކުދީންނަށްވުރެ އިގެރޭސިބަހަށް މޮޅުކަމަށް
ފާހަގަކުރެވޭ.)
|
ކޭސްސްތަޑީއަކި
މައިގަނޑު ގޮތއްގައި ވަކިވަކި ފަރުދުންނަށް އަމާޒުކުރެވިގެން
ހިންގޭކަމަކަށްވާތި އޭގެ ނަތީޖާ
ރިލައިބްލް ނުވަތަ ޞައްޚަވާނީ ހަމައެކަނި އެ ކޭސްސްޓަޑީޒްގައި ބައިވެރިވި
ފަރާތްކަމަށްވާތީ އެހެންމީހުން ކަންކަން ކުރާގޮތާއިމެދު އަޅާނުކިއޭނެކަން
ވަކި ވެރިއަބުލްއެއް
ކޮންޓުރޯލް ނުކުރެވުން
|
އެތޮނަގްރެފީ
އެތޮނަގްރެފިކް
ސްޓަޑީޒްއަކީ ކޭސްސްޓަރޑީޒް އާއި ޚިލާފަށްގިނަ ފަރާތްތަކެއް މުޅި ރިސާޗުގައި
ބައިވެރިކޮށްގެން ހިންގޭރިސާޗު މެތެޑެކެވެ.
މިސާލަކަށް
މުޖުތަމައެއްގައި ދިރިއުޅޭ ބައެއްގެ އާދަކާދަތަކާއި ،އެމީހުންގެ ދިރިއުޅުމުގެ
ވަށްޓަފާޅި ދެނެގަތުމަސްކުރެވޭ ދިރާސާތަކުގައި މި މެތެޑް ބޭނުންކުރެވެއެވެ.
އެތޮނަ ގްރެފިކް
ރިސާޗުތަކުގައި ކޮލިޓެޓިވް ނުވަތަ ކްއެންޓެޓިވް މެތަޑް ބޭނުންކުރެވެއެވެ.
މިފަދަ
ރިސާޗުތަކުގައި ކްއެއްޝަނާ، ބަސްދީގަތުން ޕާޓިސްޕަންތް އޮބްޒާވްކުރުން.
އަދި އަމިއްލައަށް އެކަންކަން
ތަޖުރިބާކުރެވެސް މިފަދަ ދިރާސާ ހަދައެވެ. (މިސާލަކަށް މިރާއްޖޭގެ ނޫސްވެރިން
މަސާޖުޕާލާތަކާ ގުޅޭގޮތުން ތައްޔާރުކުރި މަޝްހޫރު ރިޕޯޓް )
|
ސަގާފީ ގޮތުން
އޮންނަ ތަފާތުތައް ވަކި ކޮޅަކަށް ނުޖެހި ތިއަރީތަކުގެ އަލީގައި ކުރިއަށް
ގެންދިއުމުގެ ފުރުޞަތު ލިބިގެންދެއެވެ.
ވަކިބަޔަކާ
ގުޅޭގޮތުން ގިނަބަޔަކު ދެކޭގޮތް ހާންމަ ކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ.
|
އޮބްޒާވާބަޔަސް ނުވަތަ ރިސާޗު ކުރާ
ފަރާތްތަކަށް ވަކިކޮޅަކަށް ބުރަވުމުގެ ފުރުޞަތު އޮތުމުގެ ސަބަބުން ނަތީޖާއަށް
އަސަރުކުރުވާ
|
މަސައްކަތް 2
ދިރާސާ މަސައްކަތުގެ ތަޢާރަފް
"ދިރާސާ" މިއީ ނަމެކެވެ. މިއީ ޢިލްމީ އުޞޫލެއްގެ
މަތީން ހުޅުވެވިފައިވާ ސިކުނޑިއަކާއެކު ނިޒާމީ ތަޙުޤީޤެއްގެ
ތެރެއިން ސާބިތކަމާއެކު މަޢުލޫމާތު އެއްކޮށް އެއިގެ މައްޗައް
ކުރެވޭ މަސައްކަތުގެ ނަތީޖާއެވެ. އަދި އެކަން ކަމުން ހޯދޭ ހޯދުންތަކެވެ، އެހެން
ގޮތަކަށް ދަންނަވާނަމަ ކަމެއް ނުވަތަ ގޮތެއް ދެނެގަތުމަށްޓަކައި ނުވަތަ އާ މަޢުލޫމާތެއް ލިބިގަތުމަށްޓަކައި
ކުރެވޭ ޢިލްމީ މަސައްކަތެއްގެ ތެރެއިން ކަމެއްދެނެގަނެވުނުދެނެގަތުމަށްވެސް
ދިރާސާއޭ ކިޔައެވެ.
ދިރާސާގެ މައިގަނޑު އޮންނަނީ ދެބާވަތެކެވެ. އެއީ ސާބިތު ޢިލްމީ
ޙަޤީޤަތްތަކަޢި ތަފާސްހިސާބުން ޢަދަދުކުރެވޭ ގޮތަކަކަށް ކުރެވޭ ދިރާސާއެވެ (Quantitative Paradigm) .މިއީ ޢިލްމީ ހޯދުންތަކެވެ. ޑރ. ޢަލީ ޝަމީމް (2009)
ވިދާޅުވާ ގޮތުން ނަމަ މިއީ "ތަފާސްހިސާބުގެ ނަޒަރިއްޔާތު" އެވެ. މި
ވައްތަރުގެ ދިރާސާގައި ބޭނުންކުރެވެނީ ތަޙުލީލުކުރުމާއި ތަފާސްހިސާބުގެ ޢަދަދުތައް ވަޒަންކޮށްގެން
ހޯދޭ ހޯދުންތަކެވެ. ޢިލްމީ (ސައިންޓިފިކް) ހޯދުންތަކާއި
ތަޙުލީލުކުރުމާއި
(އެކްސްޕެރިމެންޓް) ތަފާސްހިސާބުގެ އުޞޫލު
(ސްޓެޓިސްޓިކަލް މެތްޑް)ތައް
ބޭނުންކުރެވޭނީ މި ވައްތަރުގެ ދިރާސާތަކުގައެވެ.
އަޅުގަނޑުގެ މިދިރާސާއަކީ ދަރިވަރުން ކިޔެވުމުގައި ބޮޑަށް ބޭނުންކުރަނީ ކޮން ވައްތަރެއްގެ ލާނިން ސްޓައިލްއެއްތޯ ބެލުމުގެ ގޮތުން ހެދޭ ކުޑަ ދިރާސާއެކެވެ. މިދިރާސާގައި އަޅުގަނޑު ބޭނުންމިކުރަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9S1 ސޯޅަދަރިވަރުންނެވެ. މިދަރިވަރުންނަށް ދެވިފައިވާ ސުވާލުތައް ބިނާވެފައިވަނީ ލާނިން ސްޓައިލްތަކުގެ ވައްތަރުތައްކަމަށްވާ އޮޑިޓަރީ ލާނިންގ،ވިޝުއަލް ލާނިންގ އަދި ކައިނަސްތެޓިކްލާނިގ މައްޗަށެވެ.
އަޅުގަނޑުގެ މިދިރާސާއަކީ ދަރިވަރުން ކިޔެވުމުގައި ބޮޑަށް ބޭނުންކުރަނީ ކޮން ވައްތަރެއްގެ ލާނިން ސްޓައިލްއެއްތޯ ބެލުމުގެ ގޮތުން ހެދޭ ކުޑަ ދިރާސާއެކެވެ. މިދިރާސާގައި އަޅުގަނޑު ބޭނުންމިކުރަނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 9S1 ސޯޅަދަރިވަރުންނެވެ. މިދަރިވަރުންނަށް ދެވިފައިވާ ސުވާލުތައް ބިނާވެފައިވަނީ ލާނިން ސްޓައިލްތަކުގެ ވައްތަރުތައްކަމަށްވާ އޮޑިޓަރީ ލާނިންގ،ވިޝުއަލް ލާނިންގ އަދި ކައިނަސްތެޓިކްލާނިގ މައްޗަށެވެ.
ވިޝުއަލް،އޮޑިޓަރީ، ކައިނެސްތެޓިކް ލާނިނިންގ ގެ
ދަރިވަރުން ކޮންމެ ކުލާހެއްގައިވެސް ތިބެދާނެކަމަށް ބެލުމަކީ ޓީޗަރެއްގެ
ހައިސިއްޔަތުން ކުރަންޖެހޭނެކަމެކެވެ. ރަނގަޅު ކޮލެޓީ ޓީޗަރެއް ކަމުގައިވާނަމަ
އެޓީޗަރަކު ކިޔަވައިދެއްވާ ކުލާހުގައިތިބޭ މިފަދަ ދަރިވަރުން ދެނަގަނެ އަފަދަ
ދަރިވަރުންގެ ސްޓައިލްތަކަށް އަމާޒު ކުރެވޭގޮތަށް ކްލާސްރޫމް އެކްޓިވިޓީތައް ރޭވުމަކީ
ނަތީޖާ ރަނގަޅުކުރުމަށް އެޅޭބާރެކެވެ. ޓީޗަރުން މިފަދަ ކުދިކުދި ދިރާސާކޮށްގެން
ކިޔަވައިދޭނަމަ ދުވަހުން ދުވަހަށް ދަރިވަރުންގެ ނަތީޖާ ރަނގަޅު ވާނެކަމީ އެއްވެސް
މީހަކު ދެބަސްވާނެކަމެއްނޫނެވެ. ދިރާސާއެއްގެ
އެންމެ މުހިއްމު އެއް ބަޔަކީ އެ
ދިރާސާއެއްގެ އިތުބާރާއި ޞައްޙަކަމެވެ. ރިލައިބިލިޓީ އާއި ވެލިޑިޓީ އެވެ. ރިލައިބިލިޓީ އޭ މި
ކިޔަނީ ދިރާސާކުރެވޭ ގޮތާމެދު އޮންނަ އިތުބާރަށެވެ. ވެލިޑިޓީއަކީ ދިރާސާގެ
ނަތީޖާގެ ޞައްޙަކަން އޮންނަ މިންވަރެވެ. ފުރިހަމަ ދިރާސާ އަކަށް އެ ދިރާސާއެއް
ވާނީ އެ ދިރާސާ އަކީ ރިލަޔަބްލް އަދި ވެލިޑް އެއްޗަކަށްވުމުންނެވެ. (ޢަލީ ޝަމީމް، 2009).
ތިމާ ކިޔަވައިދޭ ދަރިވަރާމެދު ދިރާސާކުރާނަމަ އަދި އެހެންމީހަކު ކިޔަވައިދޭ
ދަރިވަރަކު ދިރާސާކުރާނަމަވެސް މަތީގައި މިދެންނެވުނު ކަންކަމަށް ރިޢާއެއްކުރުމަކީ
ވަރަށް ބޭނުންތެރިކަމެއްކަމުގައި މުދަރިސުން ދެކުން މުހިއްމެވެ. މިހކަންކަން
މިބީދައިން ކޮށްފިނަމަ ހުރިހާ މަންފާއެއް ކުރާނީ ދަރިވަރުންނަށެވެ. އެހެންކަމުން
މިފަދަ ދިރާސާތައް ބަޔަސް ނުވާގޮތަށް ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ.
ދަރިވަރުންގެ ބޭނުންތަށް ތީޗަރުން ދެނެގަނެ ކިޔަވައިދޭނަމަ ޓީޗަރުންނަށްވެސް ލިބޭ ނަތީޖާގެ ހިތްހަމަޖެހުން ލިބިގެންދާނެކަމީ ޝައްކުކުރާކަމެއްނޫނެވެ.
ދަރިވަރުންގެ ބޭނުންތަށް ތީޗަރުން ދެނެގަނެ ކިޔަވައިދޭނަމަ ޓީޗަރުންނަށްވެސް ލިބޭ ނަތީޖާގެ ހިތްހަމަޖެހުން ލިބިގެންދާނެކަމީ ޝައްކުކުރާކަމެއްނޫނެވެ.
·
ވިޝުއަލް ލާނިންގ
ވިޝުއަލް ލާނާޒުއަކީ ބަލައިގެން
ދަސްކުރާ ދަރިވަރުންނެވެ. (ގްރޭސް ފްލެވިންގ 20014 ) ވިޝުއަލް ލާނިންގ ބޭނުންކުރާ
ދަރިވަރުން ފިލާވަޅު ސިކުނޑިއަށް ނަގައިގަތުމުގައި ބޮޑަށް ބޭނުން ހިފަނީ ފެންނަ
ކަންކަމުގެ މައްޗައްކަމަށް ދިރާސާވެރިން ދެކެއެވެ. މިގޮތުން މިބާވަތުގެ ލާނިން
ސްޓައިލްގެ ދަރިވަރުން ކުލާސްތަކުގައި ފަސޭހައިން ދަސްކުރަނީ ޕިކްޗާ ، ޕޯސްޓާރ ،
ފޮލޯޗާރޓް ، ގްރާފް ޕްރެޒެންޓޭޝަން ،ތަފާތު ވައްތަރުގެ ސިންބަލްސް ހިމެނިގެން
ތައްޔާރުކުރެވިފައިވާ ވިޝުވަލް އެއިޑްސް ފަދަ ތަކެތީގެ އެހީގައެވެ. މިފަދަ
ދަރިވަރުން ދަސްކުރުމުގައި އެންމެ އިސްދަޢުރެއް ކުޅޭގުނަވަނަކީ ލޮލެވެ. މިފަދަ
ދަރިވަރުންނަކީވެސް އިމްތިހާނުތަކުގައި ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނެވެ.
މިފަދަ ދަރިވަރުން ރަނގަޅުނަތީޖާ ހޯދުމުގައި ކުރިން ދެންނެވުނު ވިޝުވަލް އެއިޑްސް
ޒަރިއްޔާއިން އެޗާޓުތަކާ ،ކުރެހުންތަކާ ފޮތޯތަކުގެ އެހީގައި ހަނަދާނަށް ގެނަސްގެން
އިމްތިހާނުހަދާ އެކަށީގެންވާ ރަނގަޅު ނަތީޖާތަކެއްހޯދާކަމީ ޤަބޫލުކުރަންޖެހޭ
ހަޤީގަތެކެވެ.
· އޮޑިޓަރީ ލާނިންގ
އިޑިޓަރީ ލާރނާޒް އަކީ
އަޑުއަހައިގެން ދަސްކުރާ ކުދީންނެވެ. (ގްރޭސް ފްލެވިންގް 2014) އޮޑިޓަރީ ލާނިންގ ސްޓައިލް
އިޚްތިޔާރު ކުރާ ދަރިވަރުން އާންމުގޮތެއްގައި ފިލާވަޅު ސިކުނޑިއަށް ނަގައިގަންނަނީ
ޑިސްކަޝަން އާއި ޓިއުޓޯރިއަލް ، ކިޔަވައިދޭ ޓޮޕިކް ޓީޗަރާ އަދި އެހެނިހެން
ދަރިވަރުންނާ ޑިސްކަސްކޮށްގެންނެވެ.އަދި މީގެ އިތުރުން ލިބޭ އައިޑިޔާތައް
އެހެންކުދީންނާ ހިއްސާކުރުމާއި، ޓޭޕުރެކޯޑުގެ ޒަރިއްޔާއިންނާ ،މުދައްރިސް
އޮޅުންފިލުވައިދޭ ގަޑީގައި އަޑުއަހައިގެންނެވެ. މިފަދަ ދަރިވަރުން އަޑުއެހުމަށް
ވަރަށް ހުޝިޔާރުވާނެއެވެ. މިފަދަ ދަރިވަރުންނަށް އުންގަންނައި ދިނުމުގައި ޑިސްކަޝަން
އާއި ފޯރަމްތައްކުގެ އެހީގައި ބުނެދެވިއްޖެނަމަ މިފަދަކުދީން އިމްތިހާނުތަކުގައި
ރަނގަޅު ކާމިޔާބި ހޯދައެވެ.ޝެންނަ ހޮޓަން (2013) ބަޔާމންކުރާ ގޮތުގައި އޮޑިޓަރީ
ލާނިގ ސްޓައިލް އިޚްތިޔާރުކުރާ ދަރިވަރުން އަންނަނިވި ކަންތައްތައް ކުރުމަށް
ޝައުގުވެރިވެއެވެ.
·
ވާހަކަދައްކާށާ ދަރިވަރުންނާ ކަންތައްތަކާ
މަޝްވަރާކުރުމަށް ޝަޢުގުވެރިވެއެވެ.
·
އެހެން ކުދީންނަށް ކަންކަން އޮޅުންފިލުވައިދޭން
މަސައްކަތްކުރެއެވެ.
·
ނަން ދަސްކުރުމަށް ޝައުގުވެރިވެއެވެ.
·
މީހުން ވާހަކަ ދައްކާއިރު އަޑާ ރާގުގެ ތަފާތު ދެނެގަތުމަށް
ޝަޢުގުވެރިވެއެވެ.
·
ފަސޭހައިން ފިލާވަޅު ދަސްކުރުމަށްޓަކައި ބާރަށް ކިޔަން
ޝައުގުވެރިވާނެ
·
ނެށުމާއި ލަވަކިޔުމަށް ޝައުގުވެރިވެއެވެ.
މިފަދަ
ދަރިވަރުންނަށް އުނގަންނައިދިނުމުގައި އުނގެނުމަށް އެހީތެރިވުމުގައި އަންނަނިވި
އުކުޅުތައް ބެނުންކުރެވިދާނެއެވެ.
1.
އަނގަބަހުން ސުވާލުތަކަށް ޖަވާބު ދިނުމަށް ފުރުޞަތުދިނުން
2.
ލޯމަރައިގެން ދަސްކުރި ތަކެތި ބާރަށްކިޔުއްވުން
3.
ޓޭޕު ރެކޯޑާރސް ބޭނުންކޮށްގެން ލެސަންތައް ޕްލޭންކުރުން
4.
ގުރޫޕު ސްޓަޑީ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން
މަތީގައި މިވާ ކަންކަމަށް ރިއާއެއްކޮށް ލެސަންތައް
ފަރުމާކުރެވިއްޖެނަމަ މިފަދަ ދަރިވަރުންގެ ނަތީޖާ ދުވަހުން ދުވަހަށް ކުރިއަރާ
ބޭނުންވާ ލަނޑުދަނޑި ހާސިލްކުރުމަށް ފަސޭހަވެގެންދާނެއެވެ.
· ކައިނަސްތެޓިކްލާނިގ
އެންލޮޖުޝަން 2014 ވިދާޅުވާ ގޮތުގައި ކައިނެސްތެޓިކް
ލާރނިންގ ސްތައިލްގައި 8 ވަށްތަރެއް ހިމެނެއެވެ. ކައިނެސްތެޓިކް ލާރނާރ އަކީ
އެކުދީންގެ ތޫނުފިލިކަން ބޭނުންކުރުމުގައި އާދަޔާޚިލާފަސް ހުޝިޔާރު ބައެއްގެ
ގޮތުގައެވެ. އެގޮތުން އެކުދީން އުނގެނެނީ ޢަމަލީ ގޮތުން ކަންކަން
ދަސްކޮށްގެންނެވެ. މުޅިހަށިގަނޑާ އަތާ،ފައި ކަންކަން ދަސްކުރުމުގައި އަމަލީގޮތުން
ބޭނުންކުރެއެވެ. ކައިނަސްތެޓިކްލާނިގ ލާނިން ސްޓައިލްގެ ދަރިވަރުން ދަސުކުރުމުގައި
އެދަރިވަރުންގެ ހުރިހާ ހިއްސެގެ ބެނުންވެސް ހިފައެވެ. މިގޮތުން ބެލުމާ،އަތްލައި އިހުސާސްކުރުމާ ،ރަހަބެލުމާ،
އަޑުއެހުމާ މިހުރިހާ ވަސީލަތްތަކުގެ އެހީގައި އުނގެނޭނެއެވެ. މިފަދަ ދަރިވަރުން
އުނގެނުމުގައި ކަންކަން ނަގައިގަންނަނީ ފީލްޑްޓްރިޕާ ، ލެބް އެކްސްޕެރިމެންޓިންގނާއި، ރިއަލް ލައިފް އެކްސްޕީރިއްނަސް،
އެގްޒެވިޝަން،ކޭސްސްޓަޑީ އަދި އަމިއްލައަށް ކަންކަން
ތަޖުރިބާކޮށްގެންނެވެ. މިފަދަ ދަރިވަރުންގެ ގަޑިތަކުގައި މިފަދަ އެކްސްޕީރިއަންސް
ކުރެވޭފަދަ ގޮތަކަށް ލެސަންތައް ރޭވުމަކި ވަރަށް މުހިއްމުކަމެކެވެ.
ދިރާސާކުރިގޮތް
ދިރާސާ ކުރެވުނު ގޮތައްބަލާއިރު
އަޅުގަނޑު މިދިރާސާއަށް ބޭނުވާ މަޢުލޫމާތު އެކިއެކިސޯސްތަކުން ހޯދުމަށްފަހު އެންމެ
ފުރަތަމަ ތައްޔާރުކުރީ އެކަމާ ގުޅޭ ސުވާލުކަރުދާހެކެވެ. މިސުވާލު ކަރުދާހުގެ
ސުވާލުތައް އަމާޒު ކުރެވިފައިވާނީ އޮޑިޓަރީ ލާނިންގ،ވިޝުއަލް ލާނިންގ އަދި
ކައިނަސްތެޓިކްލާނިގ މައްޗަށެވެ. މި ދިރާސާ އަށް ގްރޭޑު 9 ގެ ދަރިވަރުން ސެލެކްޓް
ކުރީ މިދަނޑިވަޅަށް ބަލާ މި ދިރާސާއަށް އެންމެ އެކަށީގެންވަނީ މިދަރިވަރުން
ކަމުގައިވާތިއެވެ. މިގޮތުން މިސުވާލުތަކަކީ ގްރޭޑް 9 އަދި 10 އުމުރު ފުރާގެ
ކުދީންނަށް ނޫނީ ފަހުމުވުމަށް ދަތިވާނެ ސުވލުތަކެއްކަމާއި، މިދުވަސް ވަރަކީ
އޮލެވެލް ދުވަސްވަރުކަމުން ގްރޭޑް 10 ދަރިވަރުން މިފަދަ ދިރާސާއެއްގައި
ބައިވެރިކުރުން އެންމެ ރަނގަޅުގޮތްކަމަށް އަޅުގަނޑަށް ނުފެންނާތީއެވެ. މިސާވޭ
ކުރުމަށް ހޮވީ ސާވޭގައި ބައިވެރިވުމަށް ވޮލަންޓިޔަ ކުރި ދަރިވަރުންނެވެ.
މިދަރިވަރުންނަށް މި ސުވާލު ޕޭޕަރާ ބެހޭގޮތުން މަޢުލޫމާތު
އޮޅުންފިލުވައިދިނުމަށްފަހު މިސުވާލުތަކުގެ ޖަވާބު ދިނީ ޓެސްޓު ހަދާ އުސޫލުން
ދަރިވަރުން އެކަކު އަނެކަކު މަޝްވަރާކުރުމަކާނުލައެވެ. އެއަށްފަހު ދެވުނު
ސުވާލުތައް އެނަލައިސްކުރެވުނެވެ. އަދި މީގެ އިތުރުން މިދިރާސާ ކުރުމުގައި
މިކަމާގުޅޭ ތަފާތު އިލްމުވެރިންގެ ތަފާތު ނަޒަރިޔާތާއި ،ކޯހުގައި ކިޔަވައިދެވުނު
މަޢުލޫމާތާ ހޭންޑް އައުޓުތައް އަދި ތަފާތު ބްލޮގުތައްކިޔައި މަޢުލޫމާތު
އެއްކުރެވުނެވެ.
ނަތީޖާ އަޅާކިޔުން
ނަތީޖާގެ
މަޝްވަރާ
ޢިލްމީ
ދިރާސާއަކީ މީހަކު ހޯދައިފައިވާ ހޯދުންތަކެއް ނުވަތަ ބަޔަކު ކޮށްފައިވާ ޢިލްމީ މަސައްކަތަކަށް
އިހުމާލުނުވެ، އެފަދަ
މަސައަކަތަކަށް އިތުރު އެހީތެރިކަމެއް ލިބޭ ގޮތެއްގެ މަތީން ހަރުދަނާ ނިޒާމީ
އުޞޫލެއްގެ މަތީން ހޯދޭ ޢިލްމީ އާ ޙަޤީޤަތްތަކެވެ. އަޅުގަނޑު ކުރި މި ކުޑަ
ކުޑަ ދިރާސާއަށް ބަލާއިރު ފާހަގަކުރެވުނުކަމަކީ އަޅުގަނޑު ދިރާސާގައި ބައިވެރިވި
ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންނަކީ (%50) އޮޑިޓަރީ ލާރނާޒް ގޮތުގައެވެ.
މިފަދަ ކުލާހަކަށް ޓީޗަރު އެކްޓިވިޓީ ރާވާއިރު ބޮޑަށް އޮޑިޓަރީ ލާނިންއަށް
ބޭސްކޮށްގެން ލެސަން ރޭވުމަކީ މުހިއްމުކަމެކެވެ. އެހެންނަމަވެސް ބާކީ ތިބި
ވިޝުއަލް އަދި ކައިނެސްތިޓިކް ލާރނާސް ދަރިވަރުންނަށްވެސް ފޯކަސްކުރެވިގެން ލެސަން
ފަރުމާކުރުމުން މުޅި ކުލާހުގެ ގިނަ ދަރިވަރުނަށް އުނގެނުމުގައި އެފެކްޓިވް
ވާނެއެވެ.
ނިންމުން
ިދަވަރުން
އުނގެނުމާއި ،އުނގަންނައިދިނުމުގައި ވިސްނާލަންޖެހޭ ކަންކަން ހުނާނެކަން
ކޮންމެ މުދައްރިސަކުވެސް ޤަބޫލުކުރަނ ޖެހެއެވެ. ތިމާއަށް ކިޔަވައިދޭން
ލިބިފައިވާ ގްރޭޑުގެ ދަރިވަރުންނަކީ ކޮންކަހަލަ އުނގެނުމުގެ ހުނަރެއް ހުރި
ދަރިވަރުންތޯ ބަލައިލުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިފަދަ ކަންކަން
ބެލުމަށް މިފަދަ ކުދިކުދި ދިރާސާ ހެދުމަކީ ވަރަށް މުހިއްމުކަމެކެވެ. މިފަދަ
ދިރާސާތައް ހެދުމުގެ ނަތީޖާއަކީ މުދައްރިސު ފިލާވަޅަށް ތައްޔާރުވާއިރު
އެދަރިވަރުންނަށް ފިލާވަޅު ދޭހަކުރަން ފަސޭހަވާނެގޮތަކަށް ފިލާވަޅުތަކުގެ
އެކްޓިވިޓީތައް ބައްޓަކުރުމުން މުދައްރިސަށާ ދަރިވަރަށް ބޮޑެތި
ފައިދާތަކެއްވާކަމެވެ.
ރެފަރެންސް:
Aboobakur, A. A. (2012). Dhirasa.
http://www.liyuntherin.org.
Diane E Papalia, R. D. (n.d.). Experience Human
Development . In R. D. Diane E Papalia, Experience Human Development .
McGraw-Hill.
Constantinidou, F. and Baker, S. (2002). Stimulus modality and
verbal learning performance in normal aging. Brain and Language
Marsh, C. (1996). Handbook for Beginning Teachers. South
Melbourne: Longman
Stewart, K.L., Felicetti, L.A. (1992). Learning styles of
marketing majors. Educational Research Quarterly.
http://www.nwlink.com/~donclark/hrd/styles.html
އެޕެންޑެކްސް:
ވިޝުއަލް،އޮޑިޓަރީ، ކައިނެސްތަޓިލް
ލާރނިންގ ސްޓައިލްސް ސެލްފް އެސެސްމެންޓް ސާވޭ ފޯމް
1.
އަހަރެން އާންމުކޮށް މެޝިނެއް އޮޕަރޭޓް ކުރަންޏާ؛
a.
އެއާއިބެހޭ ގޮތުން އޮންނަ އިރުޝާދުތައް ކިޔާލަމެވެ.
b.
މީގެ ކުރިން އެފަދަ މެޝިނެއް ބޭނުންކޮށްފައިވާ ފަރާތެއްގެ
އިރުޝާދުތައް އަޑުއަހާލަމެވެ.
c.
އެއްވެސް މީހެއްގެ އެހީއާއި ނުލައި ފަށައިގަންނަނީއެވެ.
އަހަރެންނަށް ކުރިޔަށް ދެވޭނެކަން އެނގޭތީއެވެ.
2.
އަހަރެން ނޭގޭ ތަނަކަށް ދަތުރުކުރަންޏާ އާންމުކޮށް
a.
ޗާޓަކަށް ބަލާލަމެވެ.
b.
މީހެއްކުރެން އަހާލަމެވެ.
c.
ސަމުގާއެއް ބޭނުންކޮށްގެން އަމިއްލައަށް ފޮލޯ ކުރަމުން
ދަނީއެވެ.
3.
އަހަރެން އަލަށް ކާއެއްޗެއް ތައްޔާރުކުރަން
ބޭނުންވެއްޖެނަމަ އެންމެ ބޭނުމީ؛
a.
ކައްކާ ފޮތެއް ހޯދައިގެން ބަލާލުމެވެ.
b.
ރައްޓެއްސަކަށް ގުޅާ އޮޅުންފިލުވުމެވެ.
c.
އަމިއްލައަށް އެ ކާއެއްޗެއް ތައްޔާރުކުރެވެންދެން
ޓެސްޓުކުރަމުން ކައްކަމުން ދަނީއެވެ
4.
އަހަރެން މީހަކަށް އޭނައަށް ނޭނގޭ އާއެއްޗެއް
ކިޔައިދެންޏާ
a.
އެއާއިބެހޭ މައުލޫމާތު ލިޔެފަ ދެނީއެވެ.
b.
އަނގަބަހުން ތަފްސީލުކޮށް ކިޔައިދެނީއެވެ.
c.
ހަރަކާތުން ދެއްކުމަށްފަހު އެކަން ކުރެވޭތޯ އަހަނީއެވެ.
5.
އަހަރެން އާންމުކޮށް މީހުންކައިރީ ބުނަނީ؛
a.
އަހަރެން ކަން ކުރާގޮތް ބަލާށޭ
b.
އަހަރެން ކިޔައިދޭއިރު އަޑުއަހާށޭ
c.
ތިބާއަށް ކުރެވޭނެޔޭ... ކުރިޔަށް ދާށޭ
6.
ހުސްވަގުތުތަކުގައި އަހަރެން އެންމެ އުފާވަނީ
a.
ދާރުލް އާސާރުތަކާއި ކުރީގެ ތަންތަނަށް ދިއުމުންނެވެ.
b.
ކޮންމެވެސް އެއްޗެއް އަޑުއަހާލާ އަދި ރައްޓެހިންނާއި
ވާހަކަ ދެކެވުމުންނެވެ
c.
ކުޅިވަރުކަހަލަ އެއްޗެއް ކުޅުމުންނެވެ.
7.
އަހަރެން ހެދުން ފިހާރައަކަށް ހެދުމެއް ގަންނަން ގޮސް
އާންމުކޮށް
a.
އެ ހެދުން ލީމާ ހުންނާނެ ގޮތަކާއި ދޭތެރޭ އަމިއްލައަށް
ވިސްނާލަނީއެވެ.
b.
އެ ހެދުމާއި ބެހޭގޮތުން ސޭޓާއި މަޝްވަރާ ކޮށްލަމެވެ.
c.
ހެދުން ލުމަށްފަހު އަމިއްލައަށް ޓެސްޓުކޮށްލަނީއެވެ.
8.
އަހަރެން ޗުއްޓީއެއް ހޭދަކޮށްލަން ދާނެ ތަނެއް (ރަށެއް)
އިޚުތިޔާރު ކުރާއިރު
a.
އެތަނަކާއި ބެހޭ މައުލޫމާތު ހޯދައިގެން ކިޔާލަމެވެ.
b.
ރައްޓެހިންގެ ލަފަޔަކަށް އަހާލަމެވެ.
c.
އަމިއްލައަށް ވިސްނާފައި ގޮތެއް ކަންޑައަޅަނީއެވެ.
9.
އަހަރެން އަލަށް ކާރެއް ގަންނަ ނަމަ
a.
އިޝްތިހާރުތަކާއި ނޫސްތައް ބަލާލަމެވެ.
b.
ރައްޓެހިންނާއި މަޝްވަރާކޮށްލަމެވެ.
c.
ތަފާތު ވައްތަރުގެ ކާރުތައް ޓެސްޓަށް ދުއްވާލާފަ
އިޚުތިޔާރު ކުރާނީއެވެ.
10. އަހަރެން އާ
ހުނަރެއް އުނގެނެންޏާ އެންމެ ފަސޭހައީ
a.
ޓީޗަރު އެކަން ކުރާގޮތް ބަލާލައިގެން ދަސްކުރުމެވެ.
b.
އެކަން ކުރަންވާ ގޮތް ޓީޗަރުކުރެން
އޮޅުންފިލުވައިގެންނެވެ.
c.
އަމިއްލައަށް އެކަން ތަޖުރިބާ ކުރަމުން ގޮސް
ދަސްކުރުމެވެ.
11. އަހަރެން
ރެސްޓޯރެންޓަކަށް ގޮސް މެނޫ އިން ކާއެއްޗެއް އިޚުތިޔާރު ކުރާއިރު
a.
އެ ކާއެއްޗެއް ހުންނާނެ ގޮތަކާއިމެދު ވިސްނާލަމެވެ.
b.
ގުރޫޕުގެ އެހެން މެންބަރުންނާއި މަޝްވަރާކޮށްލަމެވެ.
c.
އޭގެ ރަހަޔާއިމެދު ވިސްނާފައި ގޮތެއް ކަނޑައާލަނީއެވެ.
12. އަހަރެން ކަމަކަށް
ބޮޑު ސަމާލުކަމެއް ދެންޏާ އެންމެ ބޮޑަށް ބަލަނީ؛
a.
އެއާއި ބެހޭގޮތުން ހުރި ކުރެހުންތަކާއި ލިޔުން ތަކަށެވެ
b.
މަޝްވަރާ ކުރެވޭތޯއެވެ.
c.
އެކަމެއް ކޮށްލެވޭތޯއެވެ.
13. ގެއަށް
ގަންނަންޖެހޭ ފަރުނީޗަރު ގަންނައިރު އެންމެ ބޭނުންވަނީ
a.
އެ ފެންނަ ސިފަޔާއި އޭގެ ކުލަޔަށް ބަލާލާށެވެ.
b.
އޭގެ ތަފްސީލު ކިޔައި ކޮލެޓީއަށް ބެލުމެވެ.
c.
އޭގެ މަންޒަރާއި ރީތިކަމަށް ބެލުމެވެ.
14. އަހަރެން އެންމެ
ފުރަތަމަވެސް ހިތަށްއަރަނީ
a.
ކޮންމެވެސް އެއްޗަކަށް ބަލާށެވެ.
b.
ވާހަކައެއް ދައްކާލާށެވެ.
c.
ކަމެއް ކޮށްލާށެވެ.
15. އަހަރެން
މީހުންނާއި ގަޔާވެ ގުޅޭހިތްވަނީ
a.
ސިފަ ރީތިކަމަށް ބަލާފައެވެ
b.
އެމީހުން އަހަރެން ކައިރީ ދައްކާ ވާހަކަތަކަށް ބިނާކޮށެވެ.
c.
އެމީހުންގެ ސަބަބުން އަހަރެންނަށް ކުރެވޭ
އިހުސާސްތަކެއްގެ ސަބަބުންނެވެ.
16. އަހަރެން ޓެސްޓަށް
ދަސްކުރާއިރު އާންމުކޮށް
a.
ރިވިޝަން ނޯޓްސް ތައް ލިޔެ ޑައިގުރާމް ތައް ކުރަހާ
ހަދަމެވެ.
b.
އެ ފިލާވަޅުތައް އަމިއްލައަށް އެހެން މީހުންނަށް
ކިޔައިދެނީއެވެ.
c.
ޓެސްޓުން ފާސްވާނެ ގޮތަކާއި ދޭތެރޭ ފުންކޮށް ވިސްނާ
އަމިއްލައަށް މަސައްކަތް ކުރަނީއެވެ.
17. އަހަރެން
އާންމުގޮތެއްގައި ހުސްވަގުތުގެ ބޭނުން ހިފަނީ؛
a.
ޓީވީ ބަލާލުމަށެވެ.
b.
ރައްޓެހިންނާއެކު އަނގަ ތަޅާލުމަށެވެ.
c.
ކުޅިވަރު ކުރުމާއި އެކި އެކި މަސައްކަތް ކޮށްލުމަށެވެ.
18. އަހަރެންނަށް
އެންމެ ފަސޭހައިން ހަނދާނަށް ގެނެވޭނީ
a.
މީހާގެ ސިފައެވެ.
b.
މީހާގެ ނަމެވެ.
c.
މީހާ ކޮށްފައި ހުރި ކޮންމެވެސް ކަމެކެވެ.
19. އަހަރެންނަށް
ވަރަށް ކުރީގެ ރައްޓެއްސަކާ ބައްދަލުކުރެވިއްޖެނަމަ އެންމެ ފުރަތަމަވެސް
a.
ބުނެލަނީ "ތިބާ ފެނުނީތީ ވަރަށް އުފާ ވެއްޖެ"
އެވެ.
b.
ބުނެލަނީ "ތިބާގެ ޚަބަރެއް ވީތީ ވަރަށް
އުފާވެއްޖެ" އެވެ.
c.
ސަލާން ކޮށްލަމެވެ. އަދި އުފަލުން ބައްދާލަމެވެ.
20. އަހަރެން ބައިވަރު
އެއްޗެހި ތަކެއް ގަނެގެން ގެއަށް ދިއުމަށްފަހު އެއާއި ގުޅިގެން ޝަކުއާއެއް ކުރަން
ޖެހިއްޖެނަމަ އެންމެ ފަސޭހައީ
a.
ސިޓީއެއް ފޮނުވާށެވެ.
b.
ފޯނުކޮށްފައި ޝަކުވާ ކުރުމަށެވެ.
c.
އެ މުދަލެއް އެތަނަކަށް ފޮނުވާލުމަށެވެ.
No comments:
Post a Comment